ހޯރަފުށީގެ މަގުތައް ހަދަން ފަށައިފި
ހޯރަފުށީގެ މަގުތައް ހަދަން ފަށައިފި

ހއ. ހޯރަފުށީ މަގު ހެދުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ.

ހޯރަފުށީގެ މަގުތައް ހަދަން ފަށައިފި
ހޯރަފުށީގެ މަގުތައް ހަދަން ފަށައިފި

އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއު ފައްޓަވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމެވެ. މި ރަސްމިއްޔާތުގައި، މަސައްކަތާ ހަވާލުވެފައިވާ އެމްޓީސީސީގެ ފަރާތުން ސީއީއޯ އާދަމް އާޒިމާއި ހޯރަފުށީ ކައުންސިލުގެ ރައީސް މުހައްމަދު ވަހީދާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

މިދިޔަ އަހަރުގެ އޭޕްރިލް މަހު އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއަކީ 71.90 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން ހޯރަފުށީގެ 11 މަގެއްގައި، 5.3 ކިލޯމީޓަރުގެ ސަރަހައްދެއް ހަދާނެ އެވެ. މީގެ ތެރޭގައި 2،590 އަކަމީޓަރުގެ ދުއްވާ ސަރަހައްދު ލެވަލްކޮށް ތާރުއެޅުމާއި 11،114 އަކަމީޓަރު ސަރަހައްދެއްގައި ދުވާރު ހެދުން ހިމެނެ އެވެ.

މީގެ އިތުރުން ފެން ހިންދާ ނިޒާމެއް ގާއިމުކޮށް މަގު ބައްތި އާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ވެސް ކުރާނެ އެވެ.