މުރައިދޫ ބަނދަރުގެ މަސައްކަތް ފަށައިފި
މުރައިދޫ ބަނދަރުގެ މަސައްކަތް ފަށައިފި

ހއ. މުރައިދޫ ބަނދަރުގެ އަމަލީ މަސައްކަތް އެމްޓީސީސީން މިއަދު ފަށައިފިއެވެ.

އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ފައްޓަވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ އެވެ. މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި މުރައިދޫ ކައުންސިލްގެ ރައީސް އަލީ ސިނާނާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

މުރައިދޫ ބަނދަރުގެ މަސައްކަތުގެ ދަށުން 212 މީޓަރުގެ އެއްގަމު ތޮއްޓަކާއި 407 މީޓަރުގެ ބޭރު ތޮއްޓެއް ލާނެ އެވެ. އަދި މިހާރު އޮތް ބޭރުތޮށި މަރާމާތުކޮށް ރިވެޓްމަންޓް ޖެހުމާއި ގްރޮއިންސްގެ ޖެހުމުގެ މަސައްކަތް ކުރާނެ އެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 33.72 މިލިއަން ރުފިޔާއަށެވެ.