ހެކަރުންގެ ހަމަލާގައި ޔާހޫގެ އެއް ބިލިއަން އެކައުންޓުން ޑޭޓާ ނެގި
ހެކަރުންގެ ހަމަލާގައި ޔާހޫގެ އެއް ބިލިއަން އެކައުންޓުން ޑޭޓާ ނެގި

ވޮޝިންޓަން (ޑިސެމްބަރު 15) - ދެހާސް ތޭރަ ވަނަ އަހަރު ހެކަރުން ދިން ހަމަލާގައި އެއް ބިލިއަން މީހުންގެ އެކައުންޓުން ޑޭޓާ ވަގަށް ނަގާފައިވާ ކަމަށް ޔާހޫ ކުންފުނިން ބުނެފި އެވެ.

ޔަހޫން ބުނީ ހެކަރުން ވަނީ ނަންތަކާއި ފޯނު ނަމްބަރު، ޕާސްވޯޑް އަދި އީމެއިލް އެޑްރެސް ވަގަށް ނަގާފައި ކަމަށެވެ. އެކަމަކު ބޭންކް އެކައުންޓާއި ޕޭމަންޓް ޑޭޓާ ވަގަށް ނަގާފައި ނުވާ ކަމަށް ވަނީ ބުނެފަ އެވެ. ޔަހޫން ބުނީ އޮގަސްޓް، 2013 ގައި ބިލިއަނަކަށް ވުރެ ގިނަ އެކައުންޓުން މައުލޫމާތު ވަގަށް ނެގީ "ހުއްދަ ނެތް ތިން ވަނަ ޕާޓީއަކުން" ކަމަށެވެ. އަދި އެކައުންޓް ހެކްކުރި ފަރާތްތަކަށް ޔާހޫން ދަނީ އެކަން އަންގަމުންނެވެ. ޔަހޫން ވަނީ އެ މީހުންގެ ޕާސްވޯޑް ބަދަލު ކުރުމަށް އެދިފަ އެވެ.

މިހާތަނަށް ދިން ކަމަށް ބެލެވޭ އެންމެ ބޮޑު ސައިބާ ސެކިއުރިޓީ ހަމަލާ ދީފައި މިވަނީ 500 މިލިއަން އެކައުންޓުން މައުލޫމާތު ނަގާފައިވާ ކަމަށް ޔާހޫ އިން އެއްބަސްވިތާ ތިން މަސް ދުވަސް ފަހުންނެވެ. ކުރިން ދިން ހަމަލާގައި "ސްޓޭޓް ސްޕޮންސާ ބައެއްގެ" އަތެއްވާ ކަމަށް ޔާހޫ އިން ތުހުމަތުކޮށްފައިވެ އެވެ.

އެމެރިކާގެ އެންމެ ބޮޑު ވަޔާލެސް ކޮމިއުނިކޭޝަން ސާވިސް ޕްރޮވައިޑާ ވެރައިޒޮން އިން މި އަހަރުގެ ޖުލައި މަހު ވަނީ 4.8 ބިލިއަން ޑޮލަރަށް ޔާހޫ ގަންނަން އެއްބަސްވެފަ އެވެ.