ބިދޭސީ ޑޮކްޓަރުންނަށް ވުރެ ދިވެހިން އިތުބާރުކުރަނީ ދިވެހި ޑޮކްޓަރުންނަށް: ދިރާސާ
ބިދޭސީ ޑޮކްޓަރުންނަށް ވުރެ ދިވެހިން އިތުބާރުކުރަނީ ދިވެހި ޑޮކްޓަރުންނަށް: ދިރާސާ

ބިދޭސީ ޑޮކްޓަރުންނަށް ވުރެ ދިވެހި ޑޮކްޓަރުންނަށް އިތުބާރުކުރާ މީހުން ގިނަ ކަމަށް އުތުރުގެ އަތޮޅުތަކުގައި ކުރި ދިރާސާއަކުން ދައްކައިފި އެވެ.

ބިދޭސީ ޑޮކްޓަރުންނަށް ވުރެ ދިވެހިން އިތުބާރުކުރަނީ ދިވެހި ޑޮކްޓަރުންނަށް: ދިރާސާ
ބިދޭސީ ޑޮކްޓަރުންނަށް ވުރެ ދިވެހިން އިތުބާރުކުރަނީ ދިވެހި ޑޮކްޓަރުންނަށް: ދިރާސާ

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު މޯލްޑިވްސް ރިސާޗުން ރާއްޖޭގެ ސިއްހީ ދާއިރާގެ މާހިރުންނާ އެކު ބޭއްވި "މޯލްޑިވްސް ހެލްތު ފޯރަމް" ގެ ދިރާސާ ރިޕޯޓުން އެނގޭ ގޮތުގައި އުތުރުގެ އަތޮޅުތަކުން ބޮޑަށް ބަލައިގަަންނަނީ ދިވެހި ޑޮކްޓަރުން ދެއްވާ ލަފާތަކެވެ. އެހެންވެ، ދިވެހި ޑޮކްޓަރުން އިތުރުކުރަން މިހާރަށް ވުރެ ބޮޑަށް ސްކޯލާޝިޕާއި އެހެނިހެން ފުރުސަތު ފަހިކުރަން ރިޕޯޓްގައި ހުށަހަޅާފައިވެ އެވެ.

ރިޕޯޓުގައިވާ ގޮތުން ސިއްހީ ދާއިރާގައި ތަމްރީން ލިބިފައި ތިބި މީހުން އިތުރުކުރަން ހާއްސަ މަސައްކަތްތަކެއް ކުރަން ޖެހެ އެވެ. އެހެންވެ ދިވެހިންނަށް އަމާޒުކޮށް ސިއްހީ ދާއިރާއިން ކިޔެވުމުގެ އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް އެދިފައިވެ އެވެ.

ވިލާ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތުގައި މި ދިރާސާ ރިޕޯޓު ނެރެދެއްވީ، މޯލްޑިވްސް ރީސާޗުގެ ޑިރެކްޓާ އަހުމަދު ނިޔާޒެވެ. މި ރިޕޯޓުގައި ހއ، ހދ، ށ، ނ، ރ، ބ އަތޮޅުގައި ސިއްހީ ހިދުމަތްދޭ ތަންތަނުގެ ހާލަތު ބަލައި އެތަންތަނުގެ ހިދުމަތް ރަނގަޅުކުރާނެ ގޮތްތައް ހޯދާފައިވެ އެވެ.

މި ރިޕޯޓުގައި 30 ކަމެއް ހުށަހަޅާފައިވެ އެވެ. މީގެ ތެރޭގައި ގާނޫނީ ގޮތުން ސިއްހީ ދާއިރާއަށް ގެންނަންޖެހޭ ބަދަލުތައް ވެސް ކިޔައިދީފައިވެ އެވެ.

މި ރިޕޯޓުގައިވާ ގޮތުން ރީޖަނަލް ހޮސްޕިޓަލުތަކުގައި ކައިރި އެހެން ރަށްރަށުގެ ރައްޔިތުންނަށް ފަރުވާދެވޭނެ ކެޕޭސިޓީއެއް ނެތެވެ. އެހެންވެ، ކުރިއަށް އޮތް ތަނުގައި ރީޖަނަލް ހޮސްޕިޓަލުތަކުގައި ހިދުމަތްދެވޭނެ ކެޕޭސިޓީ އިތުރުކޮށް އެހެން ރަށްރަށުން އަންނަ މީހުންނަށް ތަފާތުކުރުމެއް ނެތި ހިދުމަތް ދިނުމަށް އެދިފައިވެ އެވެ.