12 ޖެނުއަރީ 2022 - 21:38

ގައުމީ ޔުނިވާސިޓީ އާއި އިނގިރޭސިވިލާތުގެ ޕްލިމަތު ޔުނިވާސިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ގައުމީ ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗަންސެލާ މުހައްމަދު ޝަރީފެވެ. އަދި ޕްލިމަތު ޔުނިވަސިޓީގެ ފަރާތުން ޕްރޮފެސަރު ޑރ. ގާޑް މެސަލިންކެވެ. އެމްއެންޔޫން ބުނީ މި އެއްބަސްވުމުގެ ދަށުން ދެ ޔުނިވާސިޓީގެ ހިންގުން ހަރުދަނާކޮށް ވަކިވަކި ތައުލީމީ ޕްރޮޖެކްޓްތަކުގައި ދެ ފަރާތުގެ އެހީތެރިކަން ހޯދޭނެ ކަމަށެވެ.
މީގެ އިތުރުން ދިރާސާކުރުުގެ ދާއިރާއިން ހާއްސަ އެހީތެރިކަން ހޯދުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ދެ ފަރާތް ގުޅިގެން އެފަދަ ރީސާޗުތައް ހެދުމަށް ވެސް ރޭވިފައިވެ އެވެ.
ގައުމީ ޔުނިވާސިޓީން ބުނީ ޕްލިމަތު ޔުނިވާސިޓީއާ އެކު ގާއިމްކުރި އެއްބަސްވުމުގެ ދަށުން ދެ ޔުނިވާސިޓީގައި ކިޔަވާ ކުދިންނާއި މުވައްޒަފުން ބަދަލުކުރުމުގެ ހާއްސަ ޕްރޮގްރާމެއް ވެސް ހިންގާނެ ކަމަށެވެ. މި ޕްރޮގްރާމުގެ ދަށުން ގައުމީ ޔުނިވާސިޓީގައި ކިޔަވާ ކުދިންނަށް ޕްލިމަތަށް ގޮސް އެ ޔުނިވާސިޓީގެ ކިޔެވުމުގެ މާހައުލު ތަޖުރިބާ ކުރެވޭނެ އެވެ.
ގައުމީ ޔުނިވާސިޓީން އަންނަނީ އެ ޔުނިވާސިޓީގެ އެކި ފެކަލްޓީތަކުގެ ކިޔެވުމުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ހާއްސަ ކަންކަން ކުރަމުންނެވެ. އެގޮތުން އެހެން ޔުނިވާސިޓީތަކާ ގުޅިގެން މިފަދަ އިތުރު އެއްބަސްވުންތައް ވެސް އަންނަނީ ހަދަމުންނެވެ.