ޔާމީނަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާ ބާއްވަނީ
ޔާމީނަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާ ބާއްވަނީ

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާ ބާއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީީއާރުސީ) މެދުވެރިކޮށް ރިސޯޓެއް ހެދުމަށްޓަކައި އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް ދައުލަތުން ކުރަނީ މަނީ ލޯންޑްރިންގެ ދައުވާގެ އިތުރުން ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ.

އެ މައްސަަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުން ބާއްވަން ހަމަޖައްސާފައިވަނީ މާދަމާ ހެނދުނު އެވެ.

އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ޔާމީނަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާ ބާއްވާއިރު، ގއ. ވޮޑަމުލާ ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑްރިންގެ ކުށުގައި ޔާމީނަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމް މިދިޔަ ނޮވެމްބަރު މަހު ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށް، އެމަނިކުފާނު މިނިވަންކޮށްފަ އެވެ.

އާރަށް މައްސަލައިގެ އިތުރުން ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ވެސް އިތުރު ދައުވާއެއް ޔާމީންގެ މައްޗަށް ދައުލަތުން ކުރެ އެވެ. އެ މައްސަލައިގެ ޝަރީއަތް ކުރިން އޮތީ ފަށައިފަ އެވެ. އެ މައްސަލަ ކުރިއަށް ގެންދަނީ ވަކިންނެވެ.