އަމީތާބާއި ވިދްޔާގެ "ޓީން"ގެ "ގްރަހަން" ލަވަ ލޯންޗުކޮށްފި
އަމީތާބާއި ވިދްޔާގެ "ޓީން"ގެ "ގްރަހަން" ލަވަ ލޯންޗުކޮށްފި

އަލަށް ރިލީޒްކުރަން ތައްޔާރުވަމުންދާ އަމިތާބް ބައްޗަން އާއި ވިދްޔާ ބާލަން ލީޑް ރޯލު ކުޅެފައިވާ "ޓީން"ގެ "ގްރަހަން" ލަވަ ލޯންޗުކުރުމަށް ހޮނިހިރު ދުވަހުގެ ރޭ ވަރަށް ކުލަގަދަ އިވެންޓެއް ބާއްވައިފި އެވެ.

މި އިވެންޓުގައި ލީޑް އެކްޓަރުންގެ އިތުރުން ފިލްމުގެ ޑައިރެކްޓަރު ރިބޫ ދާސްގުޕްތާ އާއި ޕްރޮޑިއުސަރު ސުޖޯއި ގޯޝް ބައިވެރިވި އެވެ.

މި އިވެންޓުން ފެނިގެން ދިޔަ އެންމެ ޚާއްސަ ކަމަކީ "ޓީން" އިޝްތިހާރުކުރުމަށް "ޓިންއިޓްއެރައުންޑް"ގެ ނަމުގައި ކުރިޔަށް ގެންދިޔަ ކެމްޕެއިނެއްގައި ބައިވެރިވި ޒުވާންތަކެއްގެ ހުނަރުވެރިކަން ފާހަގަކޮށް އެކަމުގެ އަގު ވަޒަން ކުރުމެވެ.

މި ކެމްޕެއިންގައި އަމީތާބު ވަނީ ޒުވާނުންނަށް އެމީހުންގެ ޕޯސްޓަރު ކުރެހުމާއި ވީޑިއޯ ތައްޔާރުކުރުން އަދި ޕޮޔަމް އާއި ގޭމްސްގެ ހުނަރުވެރިކަން ދައްކާލުމުގެ ފުރުސަތެއް ދީފަ އެވެ."ޓީން" ރިލީޒްކުރަން ހަމަޖެހިފައިވަނީ ޖޫން 10 ވަނަ ދުވަހު އެވެ.