ފުޓްބޯޅައިގެ ބޮޑު ބަދަލު: ދިވެހި ލީގު މުުޅި ރާއްޖެ އަށް، ކޮލިފައިން މާޗު މަހު ފަށަނީ
ފުޓްބޯޅައިގެ ބޮޑު ބަދަލު: ދިވެހި ލީގު މުުޅި ރާއްޖެ އަށް، ކޮލިފައިން މާޗު މަހު ފަށަނީ

ހޯމް އެންޑް އަވޭ އުސޫލުން މުޅި ރާއްޖޭގައި ކުޅެން ހަމަޖައްސާފައިވާ، ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން މާޗު މަހު ފަށާ ގޮތަށް އިއުލާންކޮށް، ބައިވެރިވާން ބޭނުންވާ ރަށްރަށުގެ ޓީމުތަކަށް ފުރުސަތު ހުޅުވައިލައިފި އެވެ.

ފުޓްބޯޅައިގެ ބޮޑު ބަދަލު: ދިވެހި ލީގު މުުޅި ރާއްޖެ އަށް، ކޮލިފައިން މާޗު މަހު ފަށަނީ
ފުޓްބޯޅައިގެ ބޮޑު ބަދަލު: ދިވެހި ލީގު މުުޅި ރާއްޖެ އަށް، ކޮލިފައިން މާޗު މަހު ފަށަނީ

ޖުލައި 2020 ގައި ބޭއްވި އިންތިހާބުން، ދެވަނަ ދައުރަކަށް އެފްއޭއެމްގެ ރައީސް ކަމާ ހަވާލުވުމަށް ފަހު، ބައްސާމް އަދީލް ޖަލީލް އިއުލާންކުރައްވާފައި ވަނީ 2023 ގައި ހޯމް އެންޑް އަވޭ އުސޫލުން ދިވެހި ޕްރިމިއާ ލީގު ކުރިއަށްގެންދާނެ ކަމަށެވެ. ލީގުގެ ކޮލިފިކޭޝަން ފޯމެޓް މިދިޔަ އަހަރު އެފްއޭމުން އިއުލާން ކުރި އެވެ.

ފުޓްބޯޅައިގެ ބޮޑު ބަދަލު: ދިވެހި ލީގު މުުޅި ރާއްޖެ އަށް، ކޮލިފައިން މާޗު މަހު ފަށަނީ
ފުޓްބޯޅައިގެ ބޮޑު ބަދަލު: ދިވެހި ލީގު މުުޅި ރާއްޖެ އަށް، ކޮލިފައިން މާޗު މަހު ފަށަނީ

ފުޓްބޯޅަ ސީޒަން 2023-2024 ގެ ދިވެހި ޕްރިމިއާ ލީގު، ކުރިއަށް ދާނީ ޖުމުލަ 12 ޓީމާ އެކު މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކުގަ އެވެ.

އެފްއޭއެމުން އިއްޔެ ހުޅުވައިލީ، ޒޯން 1، 2 އަދި 3 ގެ ކޮލިފައިންގައި ބައިވެރިވުމަށެވެ. އެފްއޭމުން ނެރުނު ބަޔާނުގައި ވަނީ، އެ ތިން ޒޯނަށް ނިސްބަތްވާ ކްލަބުތަކުން ބައިވެރިވުމަށް އެދޭ ލިޔުންތައް މެއިލް ކުރުމަށް އެދިފަ އެވެ. ލިޔުން ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ، އަންނަ މަހުގެ 7 ވަނަ ދުވަހުގެ މެންދުރު ފަހު 2 ޖެހުމުގެ ކުރިންނެވެ. މެއިލް ކުރަން ޖެހޭނީ[email protected]އަށެވެ.

ޒޯން 1: ހއ, ހދ, ށ، ނ، ރ

ޒޯން 2: ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ

ޒޯން 3: ތ، ލ، ގއ، ގދ، ޏ، ސ

ޒޯން 4: ގްރޭޓާ މާލެ އޭރިއާ

ކޮންމެ ޒޯނެއްގައި ހަތަރު ޑިވިޝަން އޮންނާނެ އެވެ. މާލޭ ޒޯންގައި ލީގުގައި އަށް ޓީމު ވާދަކުރާނެ އެވެ. ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާނީ ހަތަރު ޒޯނުގެ ޗެމްޕިއަން ޓީމުތަކާ އެކު ޖުމްލަ 12 ޓީމެވެ. ޒޯން ހަތަރެއް ނުވަތަ ގްރޭޓާ މާލެ އޭރިއާ އިން 2022 ގެ ދެ ވަނަ ޑިވިޝަން ޗެމްޕިއަން ޓީމު ދިވެހި ޕްރިމިއާ ލީގު ހޯމް އެންޑް އަވޭ އުސޫލުން ފުރަތަމަ ފަހަރަށް ކުޅޭ ލީގަށް ކޮލިފައި ވާނެ އެވެ.

- އޯޕަން ޑިވިޝަން

- ތިން ވަނަ ޑިވިޝަން

- ދެ ވަނަ ޑިވިޝަން

- ފުރަތަމަ ޑިވިޝަން

އޯޕަން ޑިވިޝަން ކުޅޭނީ ޒޯންގެ ޓީމުތަކުގެ މެދުގައި ގުރޫޕްތަކަށް ބަހާލައިގެންނެވެ. އެ ގުރޫޕެއްގެ މެޗުތައް އޮންނާނީ އެ ގުރޫޕެއް ހިމެނޭ ކޮންމެވެސް އެއް ރަށެއްގައި ސެންޓްރަލައިޒް އުސޫލުންނެވެ. އެ ގުރޫޕެއްގެ މެޗުތައް ކުޅޭނެ ރަށެއް ކަނޑައަޅާނީ އެފްއޭއެމުން ހުޅުވާލާ ބިޑިން މަރުހާލާގެ ތެރެއިންނެވެ. ގުރޫޕްތައް ބަހާނީ ކައިރި ކައިރީގައި ހުންނަ ރަށްތަކުގެ ޓީމުތައް އެއް ގުރޫޕެއްގައި ހިމެނޭ ގޮތަށެވެ. އޯޕަން ޑިވިޝަންގައި ކިތަންމެ ގިނައިން ވެސް ޓީމުތައް ބައިވެރި ވެވޭނެ އެވެ. އޯޕަން ޑިވިޝަން ކާމިޔާބު ކުރާ ޓީމުތައް ކޮލިފައި ވާނީ އެ ޒޯނެއްގެ ތިން ވަނަ ޑިވިޝަނަށެވެ.

ތިންވަނަ ޑީވިޝަން ކުޅޭނީ ހަ ގުރޫޕަކަށް ބަހާލައިގެންނެވެ. ހަ ގުރޫޕުން ގަދަ 18 ޓީމު ކޮލިފައި ވާނީ ދެ ވަނަ ޑިވިޝަނަށެވެ. ތިން ވަނަ ޑިވިޝަންގައި ވެސް ގުރޫޕް ބަހާނީ ކައިރި ކައިރީގައި ހުންނަ ރަށްތަކުގެ ޓީމުތައް އެއް ގުރޫޕަކަށް ބަހާލައިގެންނެވެ. އެ ޑިވިޝަންގައި ކޮންމެ ގުރޫޕެއްގެ މެޗުތައް ވެސް ކުޅޭނީ ސެންޓްރަލައިޒް އުސޫލުންނެވެ. އެ ރަށެއް ކަނޑައަޅާނީ އެފްއޭއެމުން ހުޅުވާލާ ބިޑިން މަރުހާލާ ތެރެއިންނެވެ.

ގްރޭޓާ މާލޭގެ ޒޯން ފިޔަވައި ކޮންމެ ޒޯނަކުން، ދެ ވަނަ ޑިވިޝަންގައި ހިމެނޭނީ 18 ޓީމެވެ. އެއީ ތިން ވަނަ ޑިވިޝަނުން ޕްރޮމޯޓްވި 18 ޓީމެވެ. އެ 18 ޓީމުގެ ތެރެއިން އެންމެ ގަދަ އަށް ޓީމު ކޮލިފައި ވާނީ ފުރަތަމަ ޑިވިޝަނަށެވެ. ދެ ވަނަ ޑިވިޝންގެ ގުރޫޕްތައް ބެހުމުގައި ކައިރިކަިއރީގައި ހުރި ރަށްތަަކަކަށް ނުބާލާނެ އެވެ. އެ ޑިވިޝަންގެ ގުރޫޕްތައް ބާހަނީ ގުރު ނަގައިގެންނެވެ. އެ ޑިވިޝަންގެ ކޮންމެ ގުރޫޕެއްގެ މެޗުތައް ވެސް ކުޅޭނީ ސެންޓްރަލައިޒް އުސޫލުންނެވެ.

ދެ ވަނަ ޑިވިޝަނުން ފުރަތަމަ ޑިވިޝަނަށް ކޮލިފައިވި އަށް ޓީމުގެ މެދުގައި ކުޅުމަށް ފަހު އެ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދާ ޓީމު 2023-2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައި ވާނެ އެވެ. އެ ޑިވިޝަންގެ މެޗުތައް ވެސް ކުޅޭނީ ސެންޓްރަލައިޒްކޮށެވެ.

ފަށާއިރު މާލޭގެ ޒޯން ތާފަތުވާ ސަބަބަކީ މާލޭ ޒޯންގައި މިހާރު ވެސް ތިން ވަނަ ޑިވިޝަން އަދި ދެ ވަނަ ޑިވިޝަން އޮތުމުންނެވެ. މާލޭ ޒޯން އިން 2023 ގެ ލީގަށް ކޮލިފައި ވާނީ ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަން ޓީމެވެ. ހޯމް އެންޑް އަވޭގެ ފުރަތަމަ މުބާރާތް ނިމުމަށް ފަހު އެ ހާލަތު ބަދަލު ވާނެ އެވެ.

"ސެކަންޑް ޑިވިޝަން 2022 ގައި ކުޅެފައި ސެކަންޑް ޑިވިޝަންގެ ޗެމްޕިއަން ޓީމު ޕްރޮމޯޓް ކުރަނީ ޑީޕީއެލް (ދިވެހި ޕްރިމިއާ ލީގު) އަށް. އެއީ ޒޯން ހަތަރެއްގެ ޗެމްޕިއަނުންގެ ގޮތުގައި އެ ޓީމު އަންނާނީ،" ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ ދިވެހި ޕްރިމިއާ ލީގު ފޯމެޓް ތައްޔާރު ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި، މުހައްމަދު އާދަމް ބުނެފައިވެ އެވެ.

މާލޭ ޒޯންގައި 2022 ގެ ދެ ވަނަ ޑިވިޝަންގެ އެންމެ ފުލުގައި އޮތް ޓީމު ފިޔަވައި އެ ޑިވިޝަންގެ ރޭންކިންގެ ދެ ވަނަ އާއި އަށް ވަނައިގައި ހިމެނޭ ޓީމުތައް ކޮލިފައި ވާނީ 2023 ގެ މާލޭ ޒޯން ފުރަތަމަ ޑިވިޝަނަށެވެ. އަދި ދެ ވަނަ ޑިވިޝަންގެ ފުލުގައި އޮތް ޓީމު ހަމަ އެ ޑިވިޝަންގައި އޮންނާނެ އެވެ. ދެ ވަަނަ ޑިވިޝަންގެ ބާކީ ނުވަ ޖާގަ ލިބޭނީ ތިން ވަނަ ޑިވިޝަންގެ އެންމެ ގަދަ ނުވަ ޓީމަށެވެ.

މާލޭ ޒޯންގެ ތިން ވަނަ ޑިވިޝަންގެ ފުލަށް ދާ ހަ ޓީމު އެ ޑިވިޝަންގައި އޮންނާނެ އެވެ. މާލޭ ޒޯންގެ ތިން ވަނަ ޑިވިޝަންގައި މިހާރު ވެސް ޖާގަ ކަނޑައެޅިފައި ވަނީ 15 ޓީމަށެވެ. ތިން ވަނަ ޑިވިޝަނުން ނުވަ ޓީމު ދެ ވަނަ ޑިވިޝަނަށް ޕްރޮމޯޓް ވުމުން، އެ ޑިވިޝަންގެ ހުސް ޖާގަތަކަށް ކޮލިފައި ވާނީ އޯޕަން ޑިވިޝަނުން ގަދަ ނުވަ ޓީމެވެ.

ހޯމް އެންޑް އަވޭ އުސޫލުން ފުރަތަމަ މުބާރާތް ނިމުމަށް ފަހު މާލޭގެ ޒޯނެކޭ އެއްގޮތަށް އަތޮޅު ތެރޭގެ އަނެއް ތިން ޒޯންގައި ވެސް ޕްރޮމޯޝަނާއި ރެލިގޭޝަން އެއްގޮތް ވާނެ އެވެ.

ހޯމް އެންޑް އަވޭގެ ފުރަތަމަ މުބާރާތުގައި މާލޭގެ ޒޯން ފިޔަވައި ކޮންމެ ޒޯނެއްގެ ވެސް ފުރަތަމަ ޑިވިޝަން ކާމިޔާބު ކުރާ ޓީމު ޕްލޭއޮފްއާ ނުލައި ސީދާ ދިވެހި ޕްރިމިއާ ލީގަށް ޕްރޮމޯޓް ވާނެ އެވެ. ހޯމް އެންޑް އަވޭ އުސޫލުން 2023-2024 ގައި ދިވެހި ޕްރިމިއާ ލީގު ފެށުމަށް ފަހު ރެލިގޭޝަން ޕްލޭއޮފް ކުޅެން ޖެހޭނީ ފުލަށް ދިޔަ ހަތަރު ޓީމެވެ.

ދިވެހި ޕްރިމިއާ ލީގުގެ 12 ޓީމުގެ ތެރެއިން ފުލަށް ދިޔަ ހަތަރު ޓީމު ރެލިގޭޝަން ކުޅޭނީ ޒޯންތަކުގެ ފަސްޓް ޑިވިޝަނުގެ ޗެމްޕިއަނުންނާ އެވެ. ފުލަށް ދިޔަ ކޮންމެ ޓީމަކުން ޕްލޭއޮފްގައި ފުރަތަމަ ޑިވިޝަންގެ ޗެމްޕިއަނުންގެ ތެރެއިން ޓީމަކާ ދެކޮޅަށް ހޯމް އެންޑް އަވޭ އުސޫލުން ދެ ލެގު ކުޅެން ޖެހޭނެ އެވެ. ބައްދަލު ކުރަން ޖެހޭ ޓީމެއް ކަނޑައަޅާނީ ގުރު ނަގައިގެންނެވެ.

އެ ޕްލޭއޮފް މެޗުތަކުން މޮޅުވި ހަތަރު ޓީމު ދިވެހި ޕްރިމިއާ ލީގަށް ކޮލިފައި ވާނެ އެވެ. ޕްލޭއޮފްގައި ނާކާމިޔާބުވި ހަތަރު ޓީމު ޖެހޭނީ އެ ޓީމެއް ނިސްބަތްވާ ޒޯނެއްގައި ފުރަތަމަ ޑިވިޝަން ކުޅޭށެވެ.

ފުރަތަމަ ޑިވިޝަންގައި ވެސް އެންމެ ފުލުގައި އޮންނަ ޓީމު، ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަން ޓީމާ ދެކޮޅަށް ޕްލޭއޮފް ކުޅެން ޖެހޭނެ އެވެ. އަދި ދެ ވަނަ ޑިވިޝަންގެ ފުލަށް ދާ ޓީމު ވެސް ތިން ވަނަ ޑިވިޝަންގެ ޗެމްޕިއަން ޓީމާ ދެކޮޅަށް ޕްލޭއޮފް ކުޅެން ޖެހޭނެ އެވެ. އެކަމަކު ތިން ވަނަ ޑިވިޝަން ތަފާތެވެ. ތިން ވަނަ ޑިވިޝަންގެ ފުލަށް ދާ ޓީމު ރެލިގޭޓް ވާނީ ސީދާ އޯޕަން ޑިވިޝަނަށެވެ. އޯޕަން ޑިވިޝަންގެ ޗެމްޕިއަން ޓީމު ސީދާ ތިން ވަނަ ޑިވިޝަނަށް ޕްރޮމޯޓް ވާނެ އެވެ.