ގޯލްޑެން ގްލޯބް އެވޯޑްސް 2022: މޮޅު ޑްރާމާ ފިލްމަކީ "ޕަވަ އޮފް ދަ ޑޯގް"
ގޯލްޑެން ގްލޯބް އެވޯޑްސް 2022: މޮޅު ޑްރާމާ ފިލްމަކީ "ޕަވަ އޮފް ދަ ޑޯގް"

މި އަހަރު ބޭއްވި 79 ވަނަ ގޯލްޑެން ގްލޯބްސްގެ މޯޝަން ޕިކްޗާ، ޑްރާމާ ކެޓަގަރީ އެންމެ މޮޅު ފިލްމުގެ މަގާމު "ދަ ޕަވަ އޮފް ދަ ޑޯގް" އަށް ލިބިއްޖެ އެވެ.

"ބެލްފާސްޓް" އެކު ހަތް ކެޓަގަރީއަކުން ނޮމިނޭޓްވި ސައިކޮލޮޖިކަލް ޑްރާމާ އަށް އިތުރު ދެ ކެޓަގަރީއަކުން ވެސް އެވޯޑް ލިބުނެވެ. އެއީ ޖޭން ކެމްޕިއަން އަށް ލިބުނު އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑްގެ އިތުރުން ކޯޑީ ސްމިޓް-މެކްފީ އަށް ލިބުނު އެންމެ މޮޅު ސަޕޯޓިން ބަތަލުގެ އެވޯޑެވެ.

އާދީއްތަ ދުވަހުގެ ރޭ ބޭއްވި ގޯލްޑެން ގްލޯބްސްގައި ދެން އެންމެ ވިދާލި ފިލްމަކީ މިއުޒިކަލް/ކޮމެޑީ އިން އެވޯޑް ގެންދިޔަ ޑައިރެކްޓަރު ސްޓީވެން ސްޕީލްބާގްގެ "ވެސްޓް ސައިޑް ސްޓޯރީ" އެވެ. އެ ފިލްމަށް ލިބުނު އިތުރު އެވޯޑްތަކުގެ ތެރޭގައި އާ ބަތަލާ ރޭޗެލް ޒެގްލާ އަށް ލިބުނު މިއުޒިކަލް/ކޮމެޑީގެ މޮޅު ބަތަލާގެ އެވޯޑާއި އަރިއަނާ ޑި ބޯޒް އަށް ލިބުނު މޮޅު ސަޕޯޓިން ބަތަލާގެ އެވޯޑް ހިމެނެ އެވެ.

* ބެސްޓް ސްކްރީންޕްލޭ، މޯޝަން ޕިކްޗާ: ބެލްފާސްޓް

* ބެސްޓް އެކްޓަ މިއުޒިކަލް/ކޮމެޑީ: އެންޑްރޫ ގާފީލްޑް (ޓިކް ޓިކް...ބޫމް)

* ބެސްޓް އެކްޓްރެސް މޯޝަން ޕިކްޗާ، ޑްރާމާ: ނިކޯލް ކިޑްމަން (ބީން ދަ ރިކާޑޯސް)

* ބެސްޓް އެކްޓަ މޯޝަން ޕިކްޗާ، ޑްރާމާ: ވިލް ސުމިތު (ކިންގް ރިޗަޑްސް)

* ބެސްޓް އޮރިޖިނަލް ސޯންގް، މޯޝަން ޕިކްޗާ: ނޯ ޓައިމް ޓު ޑައި

* ބެސްޓް އޮރިޖިނަލް ސްކޯ، މޯޝަން ޕިކްޗާ: ޑޫން

* ބެސްޓް މޯޝަން ޕިކްޗާ، އެނިމޭޓެޑް: އެންކާންޓޯ (ޑިޒްނީ ޕިކްސާ)

* ބެސްޓް ޕިކްޗާ، ފޮރިން ލޭންގްއޭޖް: ކޮމްޕާޓްމަންޓް ނަމްބާ 6 (ފިންލޭންޑް/ރަޝިއާ/ޖަރުމަން)

* ބެސްޓް ޓީވީ ސީރީޒް، މިއުޒިކަލް/ކޮމެޑީ: ހެކްސް (އެޗްބީއޯ)

* ބެސްޓް ޓީވީ ސީރީޒް، ޑްރާމާ: ސަކްސެޝަން (އެޗްބީއޯ)