ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ގިންތިކުރާނެ ގަވައިދު އާންމުކޮށްފި
ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ގިންތިކުރާނެ ގަވައިދު އާންމުކޮށްފި

ކުދި އަދި ކުދި މެދުފަންތީގެ ވިޔަފާރިތައް ގިންތިކުރާނެ ގަވައިދު އާންމުކޮށްފި އެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ގިންތިކުރާނެ ގަވައިދު އާންމުކޮށްފި
ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ގިންތިކުރާނެ ގަވައިދު އާންމުކޮށްފި

މި ގަވައިދުގައި ވަނީ ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ހުރިހާ ވިޔަފާރިތައް ގިންތިކޮށް، ވިޔަފާރި އަށް ލިބިފައިވާ ގިންތިއަށް އަންނަ ބަދަލު ދަފުތަރުގައި ހިމަނައި، އެ މައުލޫމާތު އާންމުކުރުމުގައި މިނިސްޓްރީން އަމަލުކުރާނެ ގޮތް ބަޔާންކޮށްފަ އެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބަހާލާފައި ވަނީ ތިން ބަޔަކަށެވެ. އެއީ އެންމެ ކުދި ވިޔަފާރިތަކާއި ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތަކެވެ.

- އެންމެ ކުދި ވިޔަފާރިތައް: 0-5 މުވައްޒަފުން ، އާމްދަނީ ފަސް ލައްކަ ރުފިޔާއާ ހަމައަށް

- ކުދި ވިޔަފާރިތައް: 6-30 މުވައްޒަފުން، އާމްދަނީ ފަސް މިލިއަން ރުފިޔާއާ ހަމައަށް

- މެދުފަންތީގެ ވިޔަފާރި: 31-100 މުވައްޒަފުން، އާމްދަނީ 20 މިލިއަން ރުފިޔާއާ ހަމައަށް

މި ގަވައިދުގައި ކަނޑައަޅާފައިވާ ގިންތި އަށް ނުފެތޭ ވިޔަފާރިތަކުން އެ ވިޔަފާރިއެއް ގިންތި ކުރުމުގައި ބަލާނެ މިންގަނޑު ވަނީ ހިމަނައިފަ އެވެ. އެކަން ކުރުމަށް ހާއްސަ ފޯމިއުލާއެއް ވެސް ގަވައިދުގައި ހިމަނާފައިވެ އެވެ. މިއީ ނިސްބަތްވާ ގިންތި ދެނެގަނެވޭނެ ފޯމިއުލާއެކެވެ.

މި ގަވާއިދަށް އަމަލުކުރަން ފެށުމާ އެކު، އަލަށް ރަޖިސްޓަރީކުރާ ކޮންމެ ވިޔަފާރިއަކުން، އެ ވިޔަފާރިއެއް ރަޖިސްޓަރީކުރަން ހުށަހަޅާ ލިޔެކިޔުންތަކާ އެކު، އެ ވިޔަފާރިއެއް ރަޖިސްޓަރީކުރާ ތާރީހުން ފެށިގެން ކުރިއަށް ހިނގާ 12 މަސް ދުވަހުގެ މުއްދަތަށް ލަފާކުރާ އާމްދަނީ އާއި މުވައްޒަފުންގެ އަދަދަށް ނިސްބަތްކޮށް، ކޮންމެ ވިޔަފާރިއެއް ވެސް ގިންތިކުރަން ޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

މިގަވައިދު އާންމުކުރި ނަމަވެސް ކުރިން ރަޖިސްޓާ ކުރި އެއްވެސް ވިޔަފާރިއެއް އަލުން ގިންތި ކުރާކަށް ނުޖެހޭނެ އެވެ.

އެސްއެމްއީ ގިންތި ކުރުމާ ގުޅޭ ގަވައިދުގެ ދަށުން ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރި ގިންތި ކުރުމުގެ
ބޭނުމަށް ޓަކައި، އެއްވެސް ވިޔަފާރިއެއްގެ މުވައްޒަފުންގެ އަދަދު، ނުވަތަ ޖުމުލަ އާމްދަނީގެ އަދަދު، އަދި ސާފު ފައިދާގެ އަދަދު، ގަވައިދުގައި ބަޔާން ކުރާ އަދަދުތަކަށް ވުރެ އިތުރުވާ ނަމަ، އެ ވިޔަފާރިއަކީ، އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިއެއްގެ ގޮތުގައި ނުބެލޭނެ ކަމަށް ބުނެފައިވެ އެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ގިންތި ކުރުމުގެ ގަވައިދު އާންމުކުރި އިރު މިނިމަމް ވޭޖް ދިނުމުގައި ވެސް ބަލަނީ ކުންފުނިތައް ގިންތިކުރެވިފައިވާ ގޮތަށެވެ. މިނިމަމް ވޭޖް ދިނުމުގައި އެންމެ ކުދި ވިޔަފާރިތަކެއް ނުހިމެނެ އެވެ.