ހިޔާ ފްލެޓް ކައިރީގެ މަގުތައް ހުއްޓި، ޝަކުވާ ބޮޑުވެފައި
ހިޔާ ފްލެޓް ކައިރީގެ މަގުތައް ހުއްޓި، ޝަކުވާ ބޮޑުވެފައި

ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދުގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ހުއްޓި އާންމުންގެ ޝަކުވާ ބޮޑުވެއްޖެ އެވެ.

ހިޔާ ފްލެޓް ކައިރީގެ މަގުތައް ހުއްޓި، ޝަކުވާ ބޮޑުވެފައި
ހިޔާ ފްލެޓް ކައިރީގެ މަގުތައް ހުއްޓި، ޝަކުވާ ބޮޑުވެފައި

އެކަމަކު، މިކަމާ ގުޅޭ ގޮތުން "މިހާރު" އިން ލިޔުމުން ފޮނުވި ސުވާލުތަކަށް އެއް ދުވަސްވީއިރު ވެސް އެޗްޑީސީން ޖަވާބެއް ނުދެ އެވެ. އެހެންވެ، މަސައްކަތް ލަސްވި ސަބަބެއް ސާފުވާ ގޮތެއް ނުވި އެވެ.

ހުޅުމާލެ ބަލަހައްޓާ އެޗްޑީސީން އެންމެ ފުރަތަމަ ބުނީ ފްލެޓްތައް ހިމެނޭ ސަރަހައްދުގެ މަގުތައް ހެދުމުގެ މަސައްކަތް މިދިޔަ އަހަރުގެ ނޮވެމްބަރަށް ނިމޭނެ ކަމަށެވެ. ފަހުން އެ މަސައްކަތް ޑިސެމްބަރަށް ނިންމަން އަމާޒު ހިފި ނަމަވެސް މިހާރު މަސައްކަތް އޮތީ އެއްކޮށް ހުއްޓިފަ އެވެ.

އިންޑިއާގެ ކުންފުންޏަކާ ހަވާލު ކޮށްގެން ބައެއް މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފެށި ނަމަވެސް އަދި ފަސްގަނޑު އެއްވަރު ނުކުރާ މަގުތައް ވެސް އެބަ ހުއްޓެވެ. ވައިގަދަވުމުން ހިރަފުހާއި ވެލި، ވަޔާ އެކީ މުޅި ސަރަހައްދުގައި "އުދުހޭ"ތީ އެކަމުގެ ޝަކުވާ އެ ސަރަހައްދުގައި އުޅޭ މީހުން ކުރަމުންދެ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓް ސަރަހައްދުގެ މަގުތައް ހެދުމުގެ މަސައްކަތް ކުރާ މަންޒަރު ނުފެނުނަސް އެޗްޑީސީން ބުނާ ގޮތުގައި އެ މަސައްކަތް ކުރިއަށް އެބަދެ އެވެ.

ހިޔާ ފްލެޓަށް މިހާރު ގިނަ އަދަދެއްގެ އާއިލާތައް ބަދަލުވެފައިވާއިރު މީހުން ބަދަލުވާން ފެށިތާ ކައިރީ އެ ސަރަހައްދުގެ ވެލިގަނޑަށް ފެން ޖެހި ކަމަށް އެތަނުގައި އުޅޭ މީހުން ބުނެ އެވެ. އެކަމަކު މިހާރު އެއްގޮތަކަށް ވެސް ފެން ނުޖަހާތީ ހިރަފުހުގެ އުނދަގޫ ބޮޑެވެ.