17 ޑިސެމްބަރ 2016 - 06:18

ގައިގައި ހީނާފަތް އެޅުމަކީ މެދު އިރުމައްޗާއި އޭޝިއާގެ ގައުމުތަކުގައި ޒަމާނުއްސުރެން ކުރަމުން އަންނަ ސަގާފީ ކަމެކެވެ. ނަމަވެސް މިހާރު ހުޅަނގުގެ ގައުމުތަކުގައި ވެސް ހީނާ ފަތުން ގައިގައި އެކި ޑިޒައިން އެޅުމަކީ ރީތ ކަމަކަށް ވެއްޖެ އެވެ.

އާދަވެގެން ހީނާ ފަތް ވަރަށް ހާއްސަ މުނާސަބަތުތަކުގަ އެވެ. އެކަމަކު މިފަހުގެ ގޮތަކީ ކޮންމެ މީހަކަށް، ކޮންމެ ގަޑިއެއްގައި ވެސް ހީނާ ފަތުން ޑިޒައިނެއް އަޅާލުމެވެ.

އެމެރިކާގެ ބޮޑީއާޓް ސްޓޫޑިއޯއަކުން ވަރަށް ތަފާތު އާ ގޮތަކަށް ހީނާ ފަތުން ޑިޒައިން އަޅާދެ އެވެ. އެގޮތުން ކެންސެރަށް ފަރުވާ ހޯދާ ބަލިމީހުންގެ ބޮލުގައި ހީނާ ފަތުން ޑިޒައިން އަޅައިދެނީ ހިލެ އެވެ. ކެންސަރު ބަލިމީހުންނަށް ކީމޯތެރެޕީ ދޭއިރު އިސްތަށި ފައިބަ އެވެ. ބައެއް މީހުން ތަލަ ފޮރުވުމުގެ ގޮތުން ސްކާފެއް ނުވަތަ ވިގެއް ބޭނުންކުރެ އެވެ. އެކަމަކު އޭގެ ބަދަލުގައި "ހީނާ ތާޖެއް"ގެ ޑިޒައިން ކުރަހާލުމުން މާ ހިތްގައިމު ކަމަށް ބަލިމީހަކު ބުންޏެވެ.
ބޮޑީއާޓް ސްޓޫޑިއޯގެ ވެރިޔަކު ބުނީ ބޮލުގެ ހަންގަނޑަށް ފައިދާ ހުރި ގުދުރަތީ ފަތްޕިލާވެލިން ތައްޔާރުކޮށްފައިވާ ކުލައެއްް ޖައްސާލުން ރަނގަޅު ކަމަށެވެ. އެމީހަކު ބޭނުންވާ ޒާތުގެ ޑިޒައިނަކުން ބޮލުގައި ކުރުހާލުމުން އަމިއްލަވަންތަ ގޮތެއް ހުންނާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
ބޮޑީއާޓް ސްޓޫޑިއޯއިން "ހީނާ ތާޖެއް" އެޅި ކޮންމެ މީހަކު ވެސް އެތަނުން ނުކުމެގެން ދަނީ ވަރަށް އުފަލުންނެވެ. ކެންސަރު ފަރުވާގެ ސަބަބުން ބޮލުގެ އިސްތަށި ނެތް ކަމަށް ވިއަސް ހިތްގައިމު ޑިޒައިނަކުން ހިތްހަމަޖެހުން ލިބެ އެވެ.