"ޒޫޓޯޕިއާ" އެއް ބިލިއަން ޑޮލަރާ އެކު ތާރީހުގެ ތެރެއަށް
"ޒޫޓޯޕިއާ" އެއް ބިލިއަން ޑޮލަރާ އެކު ތާރީހުގެ ތެރެއަށް

ޑިސްނީން މިދިޔަ ފެބްރުއަރީ މަހު ރިލީޒް ކުރި އެނިމޭޓެޑް ފިލްމް "ޒޫޓޯޕިއާ" ގެ އަވާގައި އެތައް ބަޔަކު ޖެހި، ފިލްމަށް ލިބެމުން އަންނަ ތަރުހީބު އަދިވެސް ކުޑައެއް ނުވެ އެވެ.

"ޒޫޓޯޕިއާ" އެއް ބިލިއަން ޑޮލަރާ އެކު ތާރީހުގެ ތެރެއަށް
"ޒޫޓޯޕިއާ" އެއް ބިލިއަން ޑޮލަރާ އެކު ތާރީހުގެ ތެރެއަށް

އޭގެ ނަތީޖާއަކީ މިހާތަނަށް އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް އެ ފިލްމް ހޯދުމެވެ. އެއީ އާދައިގެ ކަމެއް ނޫނެވެ.

މިއީ މިހާތަނަށް ނެރުނު އެނިމޭޓެޑް ފިލްމުތަކުގެ ތެރެއިން އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ހަތަރު ވަނަ ފިލްމެވެ.

އަނެއްކޮޅުން "ޒޫޓޯޕިއާ" އަކީ މި އަހަރުގެ މިހާތަނަށް ނެރުނު ފިލްމުތަކުގެ ތެރެއިން ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމު ވެސް މެ އެވެ. މި އަހަރުގެ ދެން އެންމެ ރަނގަޅު ވިޔަފާރިއެއް ކުރީ "ކެޕްޓަން އެމެރިކާ: ސިވިލް ވޯ" އެވެ.

ޑިސްނީން ޕްރޮޑިއުސްކޮށް، ބައިރޮން ހޮވަޑް ޑައިރެކްޓް ކުރި "ޒޫޓޯޕިއާ" ތާރީހުގެ ތެރެއަށް ވަން އިރު، އެއް ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި އަނެއް ތިން އެނިމޭޓެޑް ފިލްމުގެ ތެރެއިން އެއް ބިލިއަނަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުތަކުގެ ލިސްޓްގެ ކުރީގައި ވެސް އޮތީ ހަމަ ޑިސްނީގެ ފިލްމެކެވެ.

އެއީ 2013 ގައި ނެރުނު "ފްރޯޒެން" އެވެ. އެ ފިލްމަށް 1.28 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ.

މި ލިސްޓްގައި ހިމެނޭ އަނެއް ދެ ފިލްމުގެ ތެރެއިން އިލުމިނޭޝަން އެންޓަޓައިންމަންޓުން މިދިޔަ އަހަރު ނެރުނު "މިނިއަން" 1.16 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ.

ޕިކްޒާގެ ޓޯއި ސްޓޯރީ 3 (2010) ވަނީ ބޮކްސް އޮފީހުގައި 1.15 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފަ އެވެ.

ރިލީޒް ކުރިތާ މިހާރު 17 ހަފުތާވެފައިވާ "ޒޫޓޯޕިއާ" ބިލިއަން ޑޮލަރު ކުލަބަށް ވަން އިރު، ޑިސްނީ އަށް ލިބޭ އެންމެ ބޮޑު އުފަލަކީ ބިލިއަން ޑޮލަރުގެ ވިޔަފާރި މިހާތަނަށް ކުރި 26 ފިލްމުގެ ތެރެއިން 11 ފިލްމަކީ އެ ސްޓޫޑިއޯގެ ފިލްމުތަކަށްވުމެވެ.