ގައުމީ ޖޫނިއާ ބެޑްމިންޓަންގެ ހޮޅުދޫ އާއި މާލޭގެ ޕޫލް އެކުގައި ކޭމްޕަށް
ގައުމީ ޖޫނިއާ ބެޑްމިންޓަންގެ ހޮޅުދޫ އާއި މާލޭގެ ޕޫލް އެކުގައި ކޭމްޕަށް

ބެޑްމިންޓަން އެސޯސިއޭޝަންގެ ގައުމީ ޖޫނިއާ ބެޑްމިންޓަން ޕޫލްގައި ހިމެނޭ މާލޭގެ ޕޫލް އާއި ނ. ހޮޅުދޫގެ ޕޫލް އެކުގައި ބައިވެރިވާ ޓްރޭނިން ކޭމްޕެއް ހޮޅުދޫގައި މިއަދު ފަށައިފި އެވެ.

ގައުމީ ޖޫނިއާ ބެޑްމިންޓަންގެ ހޮޅުދޫ އާއި މާލޭގެ ޕޫލް އެކުގައި ކޭމްޕަށް
ގައުމީ ޖޫނިއާ ބެޑްމިންޓަންގެ ހޮޅުދޫ އާއި މާލޭގެ ޕޫލް އެކުގައި ކޭމްޕަށް

ހޮޅުދުއަކީ ބެޑްމިންޓަން އެސޯސިއޭޝަނުން އަތޮޅުތެރޭގައި ގާއިމުކޮށްފައިވާ ރީޖަނަލް ސެންޓަރުތަކުގެ ތެރެއިން އެއް ސެންޓަރެވެ. ރީޖަނަލް ސެންޓަރުތައް ދެން ގާއިމުކޮށްފައި ވަނީ ބ. އޭދަފުށި އަދި އައްޑޫ އެވެ. ހދ. ކުޅުދުއްފުށީގައި ވެސް ސެންޓަރެއް ހުޅުވަން ތައްޔާރުވެފައިވާ ކަމަށް ބެޑްމިންޓަން އެސޯސިއޭޝަނުން ބުންޏެެވެ.

މިއަދުން ފެށިގެން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ ކޭމްޕްގައި ގައުމީ ޖޫނިއާ ޕޫލްގެ ކޯޗުން ވެސް ބައިވެރިވާނެ އެވެ. ބީއޭއެމްގެ ޓެކްނިކަލް އޮފިސަރު، އަހުމަދު އިޔާދު ބުނީ ކުޅުންތެރިންގެ ޓްރޭނިންގެ އިތުރުން ކޯޗިން އަޕްގްރޭޑް ކުރުމުގެ ޕްރޮގްރާމް ވެސް ކުރިއަށްދާނެ ކަމަށެވެ.

ކޯޗިން ޕްރޮގްރާމްގައި ބައިވެރިވުމަށް އެ އަތޮޅު ޅޮހިން ވެސް ހަ ކޯޗަކު ހޮޅުދު އަށް ގޮސްފައިވާ ކަމަށް އިޔާދު ބުންޏެވެ. އޭނާ ބުނީ ކޯޗިން އަޕްގްރޭޑް ކުރުމުގެ ޕްރޮގްރާމްގައި ގާތްގަނޑަކަށް 15 ވަރަކަށް ކޯޗުން ބައިވެރިވާނެ ކަމަށެވެ.

ކޯޗިން އަޕްގްރޭޑް ކުރުމަށް ފަހު ކުޅުންތެރިންގެ ޓްރޭނިން ޕްރޮގްރާމް ކުރިއަށްދާނެ އެވެ. އިޔާދު ބުނީ ޓްރޭނިންގެ އިތުރުން ޕްރޮފެޝަނަލް އެތުލީޓެއްގެ ސިފަތައް ކުޅުންތެރިންގެ ކިބައިގައި ހަރުލެއްވުމަށް ކޭމްޕްގައި މަސައްކަތް ކުރާނެ ކަމަށެވެ. މިކޭމްޕް ހޮޅުދޫގައި ކުރިއަށް ގެންދިއުމަށް އެ ރަށު ކައުންސިލުން ކުރި މަސައްކަތް ބެޑްމިންޓަން އެސޯސިއޭޝަނުން ފާހަގަކުރެ އެވެ.