ގޯލްޑަން އިޔާ ސިމްޕެެކެއް އުރީދޫން ތައާރަފްކޮށްފި
ގޯލްޑަން އިޔާ ސިމްޕެެކެއް އުރީދޫން ތައާރަފްކޮށްފި

ރާއްޖޭގެ ޓޫރިޒަމްގެ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން އުރީދޫން ގޯލްޑަން އިޔާ ސިމް ޕެކެއް ތައާރަފްކޮށްފި އެވެ.

ޓޫރިސްޓުންނަށް ހާއްސަކޮށްގެން ތައާރަފްކުރި މި ސިމް ޕެކް ލޯންޗުކޮށްދެއްވީ އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދެވެ.

މި ސިމް ޕެކްގައި އެއް މަސް ދުވަހުގެ ވެލިޑިޓީއަކާ އެކު ބޮޑެތި ޑޭޓާ އެލަވަންސްތައް ހިމެނިފައިވެ އެވެ. އަދި ސޯޝަލް މީޑިއާ އަށް ހާއްސަ ޑޭޓާ ވެސް ވަނީ ހިމަނައިފަ އެވެ. ރާއްޖެ އަންނަ މީހުންނަށް މި ޕެކޭޖާ އެކު، އާއިލާ އާއި ރައްޓެހިންނާ ފަސޭހަކަމާ އެކު ގުޅުވައިލަދީ ރާއްޖޭގައި ކުރާ ހިތްގައިމު ދަތުރު ހިއްސާކޮށްލެވޭނެ ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސާ ހުސައިން ނިޔާޒް ވިދާޅުވީ، އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ރާއްޖެ އަށް އިތުރު ކުރިއެރުން ގެނައުމަށް ކަމަށެވެ.

"އަޅުގަނޑުމެންނަކީ އަބަދުވެސް ރާއްޖޭގެ މުޖުތަމައުތަކަށް ދިރިއުޅުން ފަހިކޮށްދީ ރާއްޖޭގެ ކޮންމެ އުފަލެއްގައި ބައިވެރިވެ ދިވެހިންނާ އެކު ދެމިތިބޭނެ ބައެއް. އަޅުގަނޑުމެންގެ އުންމީދަކީ މިއަހަރު ރާއްޖޭގެ ޓޫރިޒަމުގެ ދާއިރާ އަށް އިތުރު ކުރިއެރުން ލިބިގެން ދިއުން،" އޭނާ ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު ވިދާޅުވީ، އޫރިދޫގެ ފަރާތުން އިސްނަގައިގެން ރާއްޖޭގެ ޓޫރިޒަމްގެ ރަން ޔޫބީލްގެ މުނާސަބާގައި ތައާރަފްކުރި މި ސިމް ކާޑަކީ ޓޫރިސްޓުންނަށް ލިބޭ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ.