ވެރިން ޒިންމާދާރު ކުރުމުން ކޮރަޕްޝަނަށް އޮތް ޖާގަ ކުޑަވާނެ: ޒިޔަތު
ވެރިން ޒިންމާދާރު ކުރުމުން ކޮރަޕްޝަނަށް އޮތް ޖާގަ ކުޑަވާނެ: ޒިޔަތު

ދައުލަތުގެ ވެރިން ޒިންމާދާރު ކުރުވުމަކީ ކޮރަޕްޝަނާއި ހިޔާނާތަށް އޮތް ޖާގަ ކުޑަވެގެންދާނެ ކަމެއް ކަމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު މިއަދު ވިދާޅުވެއްޖެ އެވެ.

ވެރިން ޒިންމާދާރު ކުރުމުން ކޮރަޕްޝަނަށް އޮތް ޖާގަ ކުޑަވާނެ: ޒިޔަތު
ވެރިން ޒިންމާދާރު ކުރުމުން ކޮރަޕްޝަނަށް އޮތް ޖާގަ ކުޑަވާނެ: ޒިޔަތު

އޮޑިޓް އޮފީހުގެ ސްޓްރެޓީޖިކް ޕްލޭން އަދި އާ ވެބްސައިޓް އިފްތިތާހު ކުރުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައި އޮޑިޓަ ޖެނެރަލް ވިދާޅުވީ ދައުލަތުގެ ވެރިން ޒިންމާދާރު ކުރުމަކީ ސަރުކާރާއި ރައްޔިތުންނާ ދެމެދު އޮތް ގުޅުން ބަދަހިވާނެ ކަމެއް ކަމަށެވެ.

ވެރިން ޒިންމާދާރު ކުރުމުން ކޮރަޕްޝަނަށް އޮތް ޖާގަ ކުޑަވާނެ: ޒިޔަތު
ވެރިން ޒިންމާދާރު ކުރުމުން ކޮރަޕްޝަނަށް އޮތް ޖާގަ ކުޑަވާނެ: ޒިޔަތު

"ދައުލަތުގެ ކޮންމެ މުއައްސަސާއަކުން އަނެއް މުއައްސަސާއެއްގެ މަސައްކަތް ބަލައިގަންނަން ޖެހޭ. މަސައްކަތް ކުރަންވީ ރައްޔިތުންގެ ހެވާއި ލާބަ އަށް، ރައްޔިތުންގެ މަސްލަހަތަށް،" އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް ހަސަން ލުތުފީ އަދި މިނިވަން ބައެއް އެހެން މުއައްސަސާތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ޒިޔަތު ވިދާޅުވި އެވެ.

ޒިޔަތު ވިދާޅުވި ގޮތުގައި އޮޑިޓް އޮފީހުގެ މަސައްކަތްތައް ކުރަމުން އަންނަނީ ބައިނަލްއަގުވާމީ އަދި ޕްރޮފެޝަނަލް މިންގަނޑުތަކަށް ފެތޭ ގޮތަށެވެ. ސްޓްރެޓީޖިކް ޕްލޭނަކީ އޮޑިޓް އޮފީހުގެ މަގު ޗާޓު ކަމަށާއި މިއީ މަސައްކަތަށް އިތުރު އަލިކަމެއް ލިބޭނެ މުހިންމު ޕްލޭނެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވެބްސައިޓަކީ އޮފީހުގެ މައުލޫމާތުތައް ހިއްސާ ކުރަން ލިބޭނެ އިތުރު މަގެއް ކަން ވެސް އޮޑިޓަ ޖެނެރަލް ފާހަގަކުރެއްވި އެވެ.

ޒިޔަތުގެ ވާހަކައިގައި ވަނީ، އޮޑިޓް އޮފީހަށް އިތުރު ހަލުވި ކަމެއް އައިސް، ގިނަ ރިޕޯޓުތަކެއް މި އަހަރު ނެރެފައިވާކަން ފާހަގަކުރައްވައިފަ އެވެ. އަދި ދިވެހި އޮޑިޓަރުންނަށް ލައިސަންސް ދީ، އޮޑިޓަރުންގެ މަސައްކަތްތައް ބަލައި، އެ މީހުންނަށް ފުރުސަތުތައް ފަހިކޮށްދެވޭތޯ އޮޑިޓް އޮފީހުން މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖޭގައި ޕްރޮފެޝަނަލް އެކައުންޓެންސީ ބޮޑީއެއް އުފެއްދުމަކީ މުހިންމު ކަމަކަށް ވާތީ، އެފަދަ ގާނޫނީ ޝަހްސެއް ވުޖޫދަށް ގެނައުމުގެ އަމަލީ މަސައްކަތް ކުރަމުން އަންނަ ކަމަށް ޒިޔަތު ވިދާޅުވި އެވެ. އަދި ގާނޫނީ ގޮތުން ހުރި ބައެއް ކަހަލަ ގޮންޖެހުންތަކަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަން ވެސް ފާހަގަކުރެއްވި އެވެ.

އޮޑިޓް އޮފީހުގެ ސްޓްރެޓީޖިކް ޕްލޭނާއި އާ ވެބްސައިޓް އިފްތިތާހުކޮށްދެއްވީ ނައިބު ރައީސް އަބްދުﷲ ޖިހާދެވެ. ސްޓްރެޓީޖިކް ޕްލޭންގައި އޮޑިޓް އޮފީހުން ކުރަން ކަނޑައަޅާފައި އޮތް ހަތަރު ކަމެއް ހިމަނާފައިވެ އެވެ. އެއީ ދައުލަތުގެ މުއައްސަސާތަކުން ޖަވާބުދާރީވުމާއި ނަޒާހަތްތެރިކަން ހަރުދަނާ ކުރުމަށް މަސައްކަތް ކުރުމާއި ރައްޔިތުންނާއި ރައްޔިތުންގެ މަޖިލީހަށް ބޭނުންތެރި ތަނެއްގެ ގޮތުގައި ދެމި އޮތުމަށް މަސައްކަތް ކުރުމެވެ. އަދި ނަމޫނާ ދެއްކުމުގެ ތެރެއިން މަގު ދައްކާ މުއައްސަސާއަކަށް އޮޑިޓް އޮފީސް ހެދުމަށް މަސައްކަތް ކުރުމާއި ރާއްޖޭގައި އެކައުންޓިން އާއި އޮޑިޓިން ތަރައްގީކޮށް، ކުރިއެރުމަށް ޕްރޮފެޝަނަލް އެކައުންޓެންސީ ބޮޑީއެއް އެކުލަވައިލުމެވެ.