ގެއްލުނު ދޯނިން އޮޔާދާ ކަމަށް ބެލެވޭ ބައެއް ތަކެތި ފެނިއްޖެ
ގެއްލުނު ދޯނިން އޮޔާދާ ކަމަށް ބެލެވޭ ބައެއް ތަކެތި ފެނިއްޖެ

ގެއްލިގެން ހޯދަމުންދާ ދޯނިން ކަނޑަށް ދޫވެ، އޮޔާދާ ކަމަށް ބެލެވޭ ބައެއް ތަކެތި މިއަދު ފެނިއްޖެ އެވެ.

ގެއްލުނު ދޯނިން އޮޔާދާ ކަމަށް ބެލެވޭ ބައެއް ތަކެތި ފެނިއްޖެ
ގެއްލުނު ދޯނިން އޮޔާދާ ކަމަށް ބެލެވޭ ބައެއް ތަކެތި ފެނިއްޖެ

އެމްއެންޑީއެފުން ބުނީ "އަލަމާ 5" ދޯނިން އޮޔާދާ ކަމަށް ބެލެވޭ ސާމާނުތަކެއް ފެނުނީ ފ. އަތޮޅުގެ އުތުރުން އެއް ނޯޓިކަލް މޭލު ބޭރުން ކަމަށެވެ.

ތިން މީހުންނާ އެކު ފ. އަތޮޅުން ފުރައިގެން މާލެ އަށް ދަތުރު ކުރަމުން ދިޔަ 60 ފޫޓުގެ ދޯނިން އެންމެ ފަހުން ޚަބަރެއްވީ ރޭ 10 ޖަހަން އުޅެނިކޮށެވެ.

ދޯނި އަޑިޔަށް ދާ ކަމަށް ކޯސްޓް ގާޑަށް ރިޕޯޓް ކުރީ އެ ދޯނި ކުއްޔަށް ހިފައިގެން އުޅޭ އަލީ ރަޝީދު ނަމަކަށް ކިޔާ މީހެކެވެ.

އޭނާ "މިހާރު" އަށް ބުނި ގޮތުގައި ދޯނީގެ ކައްޕި އާދަމް ޝަފީގްގެ ފޯން ކޯލެއް އޭނާއަށް ލިބުނީ ރޭ 9:58 ގަ އެވެ. އޭގެ ފަހުން އެ ނަމްބަރަކަށް ނުގުޅުނު ކަމަށާއި އޭރު ދޯނި އޮތީ ފުއްސަރު ކައިރިން ހަތަރު މޭލާ ދުރުގައި ކަމަށް އޭނާ ބުންޏެވެ.

"އެހާ ހިސާބުން ފޯނު ކެނޑުނީ. އޭގެ ފަހުން އެއްވެސް ޚަބަރެއް ނުވޭ. ގުޅޭ ގޮތެއް ނުވޭ. އަޅުގަނޑު ވަގުތުން ސިފައިންނަށް އަންގައިފިން،" ފާނަ ނަގައިގެން މާލެ ގެންދަން ބޭނުންކުރާ އެ ދޯނި ކުއްޔަށް ހިފާފައިވާ އަލީ ރަޝީދު ބުންޏެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާ ރިޕޯޓް ކުރުމާއެކު، އެ ސަރަހައްދު އެންމެ ކައިރީ އޮތް ކުޑަ ސީ އެމްބިއުލެންސެއް ފޮނުވައި ހޯދުމުގެ މަސައްކަތް ރޭ ފަށާފައިވާ ކަމަށެވެ. އޭގެ ފަހުން އެ ސަރަހައްދަށް ބޮޑު ސީ އެމްބިއުލެންސެއް ފޮނުވައި މިހާރު ކަނޑުމަތިން ބޮޑު ބައެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.