03 ޖެނުއަރީ 2022 - 18:27

ހުޅުމާލޭގައި މީހުން ދިރިއުޅޭ އިމާރާތެއްގެ ސުވިމިން ޕޫލަކަށް ވެއްޓި، ގެނބިގެން ހަތަރު އަހަރުގެ ފިރިހެން ކުއްޖަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ ހުޅުމާލެ އޯޝަން ފްރޮންޓް ރެސިޑެންސް އިމާރާތުގައި ހުރި ސުވިމިން ޕޫލަށް ކުޑަކުއްޖަކު ވެއްޓިގެން މިއަދު ހަވީރު ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.
އެ ކުއްޖާ މަރުވީ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށެވެ. މި ހަދިސާ ހިނގި ގޮތުގެ އިތުރު ތަފުސީލެއް އަދި ނުލިބެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ގދ. ތިނަދު އަށް ނިސްބަތްވާ އެ ކުއްޖާ އަކީ ދެމަފިރިއަކަށް ލިބިފައިވާ ދެ ކުދިންގެ ތެރެއިން ދޮށީ ދަރިފުޅެވެ.
މި ހާދިސާ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.