އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ނެގި މައްސަލައެއްގައި ދެ މީހަކު ހޯދަނީ
އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ނެގި މައްސަލައެއްގައި ދެ މީހަކު ހޯދަނީ

މީހަކަށް އެޕާޓްމަންޓެއް ކުއްޔަށްދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ ކަމަށް ތުުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވާ ދެ މީހަކު ހޯދަން ފުލުހުން މިއަދު ފޮޓޯ އާންމުކޮށްފި އެވެ.

މަކަރާއި ހީލަތުން ފައިސާ ނެގި ކަމުގެ ތުހުމަތުގައި ހޯދަނީ އައިޝަތު މާޝާ ޝާހީން، 26، އދ. މާމިގިލީ އާއި ނައުފަލް އަހުމަދު، 33، ހއ. ހޯރަފުށި އެވެ.

މި މީހުންނަށް ކުރެވޭ ތުހުމަތުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ފުލުހުން ބުނީ މި މީހުންގެ ފޮޓޯ އާންމުކުރީ މައްސަލައިގެ ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީ އާއި އެމީހުން އުޅޭ ވަކި ތަނެއް އެނގިފައިނުވާތީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރަމުން އަންނަ އިޖުރާއަތުގެ ގަވާއިދުގެ ދަށުން ކަމަށެވެ.

މި މަހުގެ 13 ވަނަ ދުވަހުގެ 10:00 އަށް ޝަހީދު ހުސެއިން އާދަމް ބިލްޑިންގަށް ހާޒިރުވުމަށް ފުލުހުން ވަނީ މި މީހުންނަށް އަންގައިފަ އެވެ.