އޮޑިޓް އޮފީހުން އުޅެނީ މީހުން ކުށްވެރި ކުރާކަށް ނޫން: ނައިބު ރައީސް
އޮޑިޓް އޮފީހުން އުޅެނީ މީހުން ކުށްވެރި ކުރާކަށް ނޫން: ނައިބު ރައީސް

އޮޑިޓަ ޖެނެރަލް އޮފީހުން ރިޕޯޓުތައް ނެރެނީ އޮފީސްތަކުގައި ތިބޭ މީހުން ކުށްވެރި ކުރަން ނުވަތަ އެ މީހުން ކުރި ކުށެއް ހޯދަން ކަމަށް ބައެއް ފަރާތްތަކުން ވާހަކަ ދެއްކިޔަސް، އެއީ ދޮގު ވާހަކަތަކެއް ކަމަށް ނައިބު ރައީސް އަބްދުﷲ ޖިހާދު މިއަދު ވިދާޅުވެއްޖެ އެވެ.

އޮޑިޓް އޮފީހުން އުޅެނީ މީހުން ކުށްވެރި ކުރާކަށް ނޫން: ނައިބު ރައީސް
އޮޑިޓް އޮފީހުން އުޅެނީ މީހުން ކުށްވެރި ކުރާކަށް ނޫން: ނައިބު ރައީސް

އޮޑިޓް އޮފީހުގެ ސްޓްރެޓިޖިކް ޕްލޭނާއި އަލަށް ފަރުމާކުރި ވެބްސައިޓް އިފްތިތާހު ކުރަން އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ އޮޑިޓް އޮފީހުގެ މަސައްކަތަކީ މީހުން ކުށްވެރިކޮށްފައި ރިޕޯޓުތައް ނެރުން ކަމަށް ބައެއް މީހުން ގަބޫލުކުރާ ކަމަށެވެ. ނަމަވެސް އެއީ ހަގީގަތެއް އެކުލެވޭ ވާހަކަތަކެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އޮޑިޓް އޮފީހުން އުޅެނީ މީހުން ކުށްވެރި ކުރާކަށް ނޫން: ނައިބު ރައީސް
އޮޑިޓް އޮފީހުން އުޅެނީ މީހުން ކުށްވެރި ކުރާކަށް ނޫން: ނައިބު ރައީސް

"އޮޑިޓް އޮފީހުން ކުރާ ކަމަކީ މީހުން ކަންކަން ކޮށްފައި ހުރި ގޮތް ކިޔައިދިނުން. އޮޑިޓް އޮފީހަށް އަންނަ މީހުންނަށް ރަނގަޅު މައުލޫމާތު ނުދެވޭ ނަމަ، މައުލޫމާތު ދިން ގޮތަށް ރިޕޯޓު އޮންނާނީ،" ޖިހާދު ވިދާޅުވި އެވެ.

އޮޑިޓް އޮފީހުން އުޅެނީ މީހުން ކުށްވެރި ކުރާކަށް ނޫން: ނައިބު ރައީސް
އޮޑިޓް އޮފީހުން އުޅެނީ މީހުން ކުށްވެރި ކުރާކަށް ނޫން: ނައިބު ރައީސް

ނައިބު ރައީސް ވިދާޅުވި ގޮތުގައި ބައެއް ފަހަރު އޮފީސްތަކުން އޮޑިޓް އޮފީހަށް ދޭން ޖެހޭ މައުލޫމާތު ނުދީ، ރައްކާކޮށްފައި ވެސް އެބަ ހުއްޓެވެ. އަދި އޮޑިޓް ރިޕޯޓު ހާމަކުރުމުން، އޮފީހުގައި ރައްކާކޮށްފައި ހުރި މައުލޫމާތުތައް ދިނަސް، ރިޕޯޓު ބަދަލު ނުކުރެވޭނެ ކަން ނައިބު ރައީސް ފާހަގަކުރެއްވި އެވެ.

"އޮޑިޓް އޮފީހުގެ މުވައްޒަފުންނަށް އެއްބާރުލުން ނުލިބޭ ނަމަ، އެއްބާރުލުން ލިބުނު މިންވަރަކަށް ރިޕޯޓުތައް ހުންނާނީ. ފަހުން އޮޑިޓް ރިޕޯޓު ނެރުނީމަ ބުނާނެ ގޯސްކޮށޭ އޮތީ، މައުލޫމާތު އެބަ ހުއްޓޭ. އޭރުން އޮންނާނީ މާ ލަސްވެފައި،" ނައިބު ރައީސް ވިދާޅުވި އެވެ.

އުސޫލުތަކާ އެއްގޮތަށް އެއްވެސް އޮފީހެއްގެ ކަންކަން ކުރިއަށް ނުދާނެކަން ފާހަގަކުރައްވާ ނައިބު ރައީސް ވަނީ އުސޫލުތަކާ އެއްގޮތަށް ކަންކަން ނުދާ ސަބަބުތައް ކިޔައިދޭން އޮފީސްތަކުގެ މުވައްޒަފުންނަށް ގޮވާލައްވާފަ އެވެ.

މައުލޫމާތުގެ ސައްހަ ކަން ލިބޭނީ މުވައްޒަފުން މައުލޫމާތު ދީގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އޮފީސްތަކުގެ މުވައްޒަފުން މަސައްކަތް ކުރަންވާނީ ހެދިފައި ހުރި ގަވާއިދުތަކާ އެއްގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ފާއިތުވެދިޔަ 68 އަހަރުގެ ތެރޭގައި އޮޑިޓް އޮފީހަށް ބޮޑެތި ބަދަލުތަކަކާއި ކުރިއެރުންތަކެއް އައިސްފައިވާކަން ފާހަގަކުރެއްވި އެވެ. އެ ގޮތުން އޮޑިޓް ރިޕޯޓުގައި ހުންނަ މައުލޫމާތުން އެ އޮފީހަކީ ފުރިހަމަ އޮފީހެއްކަން ހާމަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ސްޓްރެޓިޖިކް ޕްލޭންގައި ހަތަރު ލަނޑުދަނޑިއެއް ހާސިލް ކުރަން ހިމަނާފައިވާއިރު، އެކަންކަން ފުރިހަމަވެއްޖެ ނަމަ، މި ސަރަހައްދުގެ ނަމޫނާ އޮފީހަކަށް އޮޑިޓް އޮފީސް ވާނެ ކަމަށް ޖިހާދު ވިދާޅުވި އެވެ. އަދި ސަރުކާރުން ވެދެވެން އޮތް އެހީތެރިކަމެއް ދޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ އޮޑިޓް އޮފީހުގައި މަސައްކަތް ކުރާ 139 މުވައްޒަފުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަކީ ގްރެޖުއޭޓުން ކަމަށާއި ރާއްޖޭގެ މުއައްސަސާއަކަށް ބަލާ ނަމަ، އޮޑިޓް އޮފީހަކީ ކުޅަދާނަ، ޒުވާން މުވައްޒަފުންތަކެއް އުޅޭ ތަނެއް ކަމަށެވެ. އެހެންވެ އޮޑިޓް އޮފީހުން ހާސިލް ކުރަން ކަނޑައެޅި ލަނޑުދަނޑިތައް ހާސިލް ނުވާންވީ ސަބަބެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.