ލުކާކޫ ނުހިމަނައި ޗެލްސީން ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗު އެއްވަރު ވެއްޖެ
ލުކާކޫ ނުހިމަނައި ޗެލްސީން ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗު އެއްވަރު ވެއްޖެ

ލަންޑަން (ޖެނުއަރީ 2) - ޗެލްސީގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ރޮމެލޫ ލުކާކޫ ނުހިމަނައި ޗެލްސީން އަމިއްލަ ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ކުޅެ ފަހަތުން އަރައި 2-2 އިން އެއްވަރު ކޮށްފި އެވެ.

ލުކާކޫ ނުހިމަނައި ޗެލްސީން ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗު އެއްވަރު ވެއްޖެ
ލުކާކޫ ނުހިމަނައި ޗެލްސީން ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗު އެއްވަރު ވެއްޖެ

އިންޓަވިއުއެއްގައި ޗެލްސީގެ ރޮމެލޫ ލުކާކޫ ދެއްކި ވާހަކަތަކަކާ ގުޅިގެން މިރޭ ޗެލްސީ ޓީމުގައި އޭނާ ހިމަނައިފައެއް ނުވެ އެވެ. ކޯޗު ތޯމަސް ޓުޗެލް ބުނީ ލުކާކޫ ޓީމަށް ނުނެގީ، އުނދަގޫ ހާލަތެއްގައި ޓީމު އޮއްވައި މުހިއްމު މެޗެއް ބޯމަތިވެފައި ވަނިކޮށް ރިލީޒް ކުރި އިންޓަވިއުގެ ސަބަބުން ޓީމަށް ދިމާވެފައިވާ ހާލަތުން އިތުރު ނޭދެވޭ އަސަރެއް ކޮށްފާނެތީ ކަމަށެވެ.

ލުކާކޫ ނުހިމަނައި ޗެލްސީން ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗު އެއްވަރު ވެއްޖެ
ލުކާކޫ ނުހިމަނައި ޗެލްސީން ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗު އެއްވަރު ވެއްޖެ

ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ކޮވިޑު-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން މިރޭގެ މެޗުގައި އެޓީމަށް އިރުޝާދު ދިނީ އެސިސްޓެންޓް ކޯޗް ޕެޕް ލިންޑާސް އެވެ. މީގެ އިތުރުން ގޯލްކީޕަރު އެލިސަން ބެކާ އާއި ޑިފެންޑަރު ޖޮއެލް މަޓިޕް އަދި ފޯވާޑް ރޮބާޓޯ ފިރްމީނޯ ވެސް ކޮވިޑަށް ޕޮޒިޓިވްވެފައި ވާތީ މިރޭގެ މެޗުގައި ޓީމުގައި ނުހިމަނަ އެވެ.

ލުކާކޫ ނުހިމަނައި ޗެލްސީން ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗު އެއްވަރު ވެއްޖެ
ލުކާކޫ ނުހިމަނައި ޗެލްސީން ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗު އެއްވަރު ވެއްޖެ

މެޗު ފަށައިގެން 15 ވަނަ ސިކުންތުގައި ލިވަޕޫލްގެ ސަޑިއޯ މާނޭ، ޗެލްސީގެ ކެޕްޓަން ސެޒާ އަޒްޕިލިކުއޭޓާ އަށް ކުރި ފައުލަކަށް ވަނީ އޭނާއަށް ރީނދޫ ކާޑު ދައްކައިފަ އެވެ. މިއީ 2006 ވަނަ އަހަރު އޮޕްޓާ އިން ޕްރިމިއާ ލީގު ސްޓެޓިސްޓިކްސް އެއްކުރަން ފެށި ފަހުން ލީގުގައި ރެކޯޑް ކުރެވުނު އެންމެ އަވަސް ރީނދޫ ކާޑެވެ.

ލުކާކޫ ނުހިމަނައި ޗެލްސީން ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗު އެއްވަރު ވެއްޖެ
ލުކާކޫ ނުހިމަނައި ޗެލްސީން ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗު އެއްވަރު ވެއްޖެ

ލިވަޕޫލްގެ ޓްރެންޓް އެލެކްޒެންޑާ އާނޯލްޑް އަށް ހެދުނު ގޯހަކުން ޗެލްސީގެ ކްރިސްޓިއަން ޕުލިސިކަށް ވަނީ މެޗުގެ ހަތްވަނަ މިނިޓުގައި ލީޑު ނަގަން ހުސް ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް އޭނާއަށް ބޯޅަ ރަނގަޅަށް ކޮންޓްރޯލް ނުވެ އުޅެނިކޮށް ލިވަޕޫލްގެ ގޯލް ބެލެހެއްޓި ކީޕަރު ކުއިމިން ކަލަހާ ވަނީ އެ ބޯޅަ ހޯދައިފަ އެވެ. އޭގެ ދެ މިނިޓު ފަހުން ލިވަޕޫލަށް ލީޑު ނަގައިދިނީ ޗެލްސީގެ ޓްރެވޯ ޗަލޮބާ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ފޯވާޑް ސަޑިއޯ މާނޭ އެވެ.

މެޗުގެ 26 ވަނަ މިނިޓުގައި މުހައްމަދު ސަލާހު ވަނީ އިތުރު ލަނޑެއް ޖަހައި ލިވަޕޫލްގެ ލީޑު ފުޅާ ކޮށްދީފަ އެވެ. އޭރިއާގެ އަރިމަތިން ޗެލްސީގެ މާކޮސް އޮލޮންސޯ ކައިރިން ނައްޓާފައި ގޮސް ހަނި އޭންގަލުން ގޯލުގެ ނިއާ ޕޯސްޓަށް ބޯޅަ ފޮނުވާލައިގެން ސަލާހު ޖެހި މި ލަނޑަކީ އޭނާ އިނގިރޭސި ފުޓުބޯޅައިގައި ޖެހި 150 ވަނަ ލަނޑެވެ. އިނގިރޭސި ފުޓުބޯޅައިގައި ސަލާހުގެ ފުރަތަމަ ދެ ލަނޑު ޖެހީ ޗެލްސީއަށް ކުޅެމުންނެވެ. އޭނާ ވަނީ ލިވަޕޫލަށް 148 ލަނޑު ޖަހައިދީފަ އެވެ.

ޗެލްސީއަށް ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްދިނީ 42 ވަނަ މިނިޓުގައި މިޑްފީލްޑަރު މަޓެއޯ ކޮވަސިޗް އެވެ. ޗެލްސީން ނެގި ކޯނަރެއް ކީޕަރު ކަލަހާ ޕަންޗް ކޮށްލުމުން ޑީ އޭރިއާ ތެރޭގައި ހުރި ކޮވަސިޗަށް ލިބުމުން އޭނާ ވަނީ އެއްފަހަރުން ގޯލުގެ މަތީ ކަނަށް ފޮނުވާލައިފަ އެވެ. އެންގޯލޯ ކަންޓޭގެ އެހީތެރިކަމާ އެކު ޗެލްސީއަށް އެއްވަރު ކޮށްދިނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކްރިސްޓިއަން ޕުލިސިޗެވެ.

ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ޗެލްސީގެ ކީޕަރު އެޑުއާޑް މެންޑީ ކުރިޔަށް އަރާހުރި ވަގުތުގައި ސަލާހު ބޯޅަ ފޮނުވާލި ނަމަވެސް މެންޑީ ވަނީ އެ ބޯޅަ ކޯނަރަކަށް ބޭރު ކޮށްލައިފަ އެވެ. އެއަށް ފަހު ތިއާގޯ ސިލްވާ ކައިރިން ނައްޓާފައި މާނޭ ފޮނުވާލި ބޯޅަ ވެސް ދިފާއުކުރީ ކީޕަރު މެންޑީ އެވެ.

ޗެލްސީގެ ކީޕަރު މެންޑީގެ އިތުރުން ލިވަޕޫލްގެ ކީޕަރު ކަލަހާ ވެސް ވަނީ ދެވަނަ ހާފުގައި މުހިއްމު ސޭވްތަކެއް ކޮށްފަ އެވެ. އޭނާ ވަނީ ސިކްސް ޔާޑު ބޮކްސް ކުރިމަތިން ކަހަލަ ގޮތަކަށް ޕުލިސިޗް ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ހުޝިޔާރުކަމާ އެކު ދިފާއު ކޮށްފަ އެވެ.

މި ނަތީޖާއާ އެކު ޗެލްސީ ޓޭބަލްގެ ދެވަނައިގައި އޮތީ 21 މެޗުން 43 ޕޮއިންޓް ހޯދައިގެންނެވެ. އެއް މެޗު މަދުން ކުޅެގެން ތިންވަނައިގައި އޮތް ލިވަޕޫލަށް ލިބެނީ 42 ޕޮއިންޓެވެ. މެންޗެސްޓާ ސިޓި އެއްވަނައިގައި އޮތީ 21 މެޗުން 53 ޕޮއިންޓް ހޯދައިގެންނެވެ.

އެވަޓަން ވަނީ މިރޭ އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން 3-2 އިން ބަލިވެފަ އެވެ. މިއީ ބްރައިޓަންގެ ތާރީހުގައި ވެސް އެވަޓަންގެ ދަނޑުގައި އެޓީމު ބަލިކުރި ފުރަތަމަ ފަހަރެވެ. ލީޑްސް ޔުނައިޓެޑުން މިރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ފަހު ވަގުތު ބާންލީ ކޮޅަށް ޖެހި ދެ ލަނޑާ އެކު 3-1 އިން އެޓީމު ބަލިކުރިއިރު، ބްރެންޓްފޯޑުން ވަނީ ފަހަތުން އަރައި އެސްޓަން ވިލާ ބަލި ކޮށްފަ އެވެ.

ލީގުގައި ރޭ ވެސްޓް ހޭމް ޔުނައިޓެޑުން ވަނީ ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސްއާ ވާދަކޮށް 3-2 އިން މެޗު ކާމިޔާބު ކޮށްފަ އެވެ. ވެސްޓް ހޭމް ޔުނައިޓެޑް އޮތީ ޓޭބަލްގެ ފަސް ވަނައިގަ އެވެ.