ސިޓީން ފަހު ވަގުތު އާސެނަލް ބަލިކޮށް، ޖެހިޖެހިގެން 11 މޮޅު
ސިޓީން ފަހު ވަގުތު އާސެނަލް ބަލިކޮށް، ޖެހިޖެހިގެން 11 މޮޅު

ލަންޑަން (ޖެނުއަރީ 1) - އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީން 10 ކުޅުންތެރިންނާ އެކު ކުޅެމުން ދިޔަ އާސެނަލް ބަލިކޮށް، ލީގުގައި ޖެހިޖެހިގެން 11 ވަނަ މެޗުން މޮޅުވެއްޖެ އެވެ.

ސިޓީން ފަހު ވަގުތު އާސެނަލް ބަލިކޮށް، ޖެހިޖެހިގެން 11 މޮޅު
ސިޓީން ފަހު ވަގުތު އާސެނަލް ބަލިކޮށް، ޖެހިޖެހިގެން 11 މޮޅު

އާސެނަލްގެ ދަނޑުގައި ސިޓީ މޮޅުވީ އާސެނަލް އިން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ. ލީގުގައި މި ދެ ޓީމު މި ސީޒަނުގައި ކުޅުނު ފުރަތަމަ މެޗު ވެސް އާސެނަލް ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. ސިޓީން އަމިއްލަ ދަނޑުގައި 5-0 އިން ކާމިޔާބުކުރި އެ މެޗުގެ ފުރަތަމަ ހާފުގައި އާސެނަލްގެ ގްރޭނިޓް ޒާކާ އަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ.

ސިޓީން ފަހު ވަގުތު އާސެނަލް ބަލިކޮށް، ޖެހިޖެހިގެން 11 މޮޅު
ސިޓީން ފަހު ވަގުތު އާސެނަލް ބަލިކޮށް، ޖެހިޖެހިގެން 11 މޮޅު

އާސެނަލް އިން މިރޭގެ މެޗުގައި ލީޑު ނެގީ 31 ވަނަ މިނިޓުގައި ބުޔަކޯ ސަކާ ޖެހި ލަނޑުންނެވެ. މިއީ އެންމެ ފަހުން އާސެނަލް ލީގުގައި ކުޅުނު ތިން މެޗުގައި ސަކާ ޖެހި ހަތަރުވަނަ ލަނޑެވެ. މި ހާފުގައި އާސެނަލްގެ ބްރެޒިލް ވިންގާ ގެބްރިއެލް މާޓިނެލީ އަށް ވެސް ވަނީ ލަނޑު ޖަހާނެ ތިން ފުރުސަތު ލިބިފަ އެވެ. އޭނާ އެންމެ ފުރަތަމަ ފޮނުވާލި ބޯޅަ ސިޓީގެ ކީޕަރު އެޑަސަން މަތަކުރިއިރު، ދެން ފޮނުވާލި ދެ ހަމަލާވެސް ދިޔައީ ގޯލު ދަނޑި ކައިރިން ބޭރަށެވެ.

ސިޓީން ފަހު ވަގުތު އާސެނަލް ބަލިކޮށް، ޖެހިޖެހިގެން 11 މޮޅު
ސިޓީން ފަހު ވަގުތު އާސެނަލް ބަލިކޮށް، ޖެހިޖެހިގެން 11 މޮޅު

ސިޓީން އެއްވަރުކުރީ ދެވަނަ ހާފުގެ 57 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ އެ ޓީމަށް ޖަހައިދިނީ ރިޔާދް މަހްރޭޒް އެވެ. އޭނާ ވަނީ އެންމެ ފަހުން ސިޓީގައި ކުޅުނު ފަސް މެޗުގައި ވެސް ލަނޑު ޖަހައިފަ އެވެ. ސިޓީ އަށް މި ޕެނަލްޓީ ދިނީ އާސެނަލްގެ ޕެނަލްޓީ އޭރިއާ ތެރެއިން އެ ޓީމުގެ ގްރޭނިޓް ޒާކާ ސިޓީގެ ބެނާޑޯ ސިލްވާ ޖޯޒީގައި ހިފައި ވައްޓާލުމުން، ގިނައިރުތަކެއް ވަންދެން ވީއޭއާރު ރިވިއު ކުރުމަށް ފަހު އެވެ. ޕެނަލްޓީން މަހްރޭޒް ފޮނުވާލި ހަމަލާއަކީ ސިޓީން މި މެޗުގައި އާސެނަލްގެ ގޯލާ އަމާޒުކޮށް ފޮނުވާލި ފުރަތަމަ ހަމަލާ އެވެ.

ސިޓީން ފަހު ވަގުތު އާސެނަލް ބަލިކޮށް، ޖެހިޖެހިގެން 11 މޮޅު
ސިޓީން ފަހު ވަގުތު އާސެނަލް ބަލިކޮށް، ޖެހިޖެހިގެން 11 މޮޅު

އާސެނަލް އިން ކުޅުންތެރިއަކު މަދުވީ 59 ވަނަ މިނިޓުގައި އެޓީމުގެ ޑިފެންޑަރު ގެބްރިއެލް މަގަލޭސް، ސިޓީގެ ގެބްރިއެލް ޖީސަސް ކުރިޔަށް ދާން އުޅުމުން ގަސްދުގައި ކުރިބައްދައި ވައްޓާލުމުން، ރެފްރީ އޭނާއަށް ދެވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ދެއްކުމުންނެވެ. ގެބްރިއެލް މަގަލޭސް އަށް ފުރަތަމަ ރީނދޫ ކާޑު ދެއްކީ މަހްރޭޒް ޕެނަލްޓީ ޖެހުމުގެ ކުރިން އޭނާއަށް ހުރަސް އެޅުމުންނެވެ.

އާސެނަލް ހިމެނިފައި ވަނީ ޕްރިމިއާ ލީގުގެ ތާރީހުގައި 100 ރަތް ކާޑު ދެއްކި ފުރަތަމަ ކުލަބަށެވެ. ދެން އެންމެ ގިނަ ރަތް ކާޑު ދައްކާފައި ވަނީ އެވަޓަން އަށެވެ. އެވަޓަން އަށް ވަނީ ލީގުގެ ތާރީހުގައި މިހާތަނަށް 98 ރަތް ކާޑު ދައްކައިފަ އެވެ.

ސިޓީން ތިން ޕޮއިންޓް ޔަގީންކުރީ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި މިޑްފީލްޑަރު ރޮޑްރީ ޖެހި ލަނޑުންނެވެ. ކެވިން ޑިބްރޭނާ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ އާސެނަލްގެ ޑިފެންޑަރުންނަށް ރަނގަޅަށް ސާފްކޮށްނުލެވި އުޅެނިކޮށް ކައިރީގައި ހުރި ރޮޑްރީ ވަނީ ފުރުސަތުގެ ބޭނުން ވަރަށް ރަނގަޅަށް ހިފައިފަ އެވެ.

މި ނަތީޖާއާ އެކު ސިޓީން ވަނީ 21 މެޗު ކުޅެގެން އެއްވަނައިގައި 11 ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ޗެލްސީ ދެވަނައިގައި އޮތީ 20 މެޗުން 42 ޕޮއިންޓް ހޯދައިގެންނެވެ. ޗެލްސީ މާދަމާރޭ ލީގުގައި ނުކުންނާނީ 19 މެޗުން 41 ޕޮއިންޓް ހޯދާފައިވާ ލިވަޕޫލާ ދެކޮޅަށެވެ.

ޓޮޓެންހަމް ވެސް ވަނީ މިރޭ ރަށުން ބޭރުގައި ވަޓްފޯޑާ ދެކޮޅަށް ކުޅުނު މެޗް 1-0 އިން ކާމިޔާބު ކޮށްފަ އެވެ. އެޓީމުގެ ހަމައެކަނި ލަނޑު މެޗުގެ ފުރިހަމަ ވަހުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ހަވަނަ މިނިޓުގައި ޖެހީ ޑޭވިންސަން ސަންޗޭޒް އެވެ. އޭނާ މި ލަނޑު ޖެހީ ޓޮޓެންހަ ސޮން ހެއުން މިން ހިލޭ ޖެހުމަކުން ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ބޮލުން ގޯލުގެތެރެއަށް ފޮނުވާލައިގެންނެވެ.

މިއާ އެކު ޓޮޓެންހަމްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ވެފައި ވަނީ، އެ ޓީމުގެ ތާރީހުގައި ވެސް ޓީމާ އަލަށް ހަވާލުވެ ލީގު ފުރަތަމަ އަށް މެޗު ބަލި ނުވެ ނިންމާލައިފަ އެވެ. ރޭގެ މޮޅާ އެކު ޓޮޓެންހަމް ވަނީ ތާވަލުގެ ހަވަނައަށް ޖެހިލައިފަ އެވެ.

އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ކޮވިޑަށް ޕޮޒިޓިވްވެފައި ވާތީވެ މިރޭގެ މެޗުގައި އެ ޓީމަށް އިރުޝާދު ދިނީ އެސިސްޓެންޓް ކޯޗު އަލްބާޓް ސްޓުވިވަންބާގް އެވެ. މިއީ އާޓެޓާ އަށް ކޮވިޑު ޖެހުނު ދެވަނަ ފަހަރެވެ. މިދިޔަ މާޗު މަހު ވެސް އާޓެޓާ ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

މާދަމާ ރޭ ޗެލްސީ އާއި ލިވަޕޫލް ކުޅޭ މެޗުގައި ލިވަޕޫލަށް ވެސް އިރުޝާދު ދޭނީ އެޓީމުގެ އެސިސްޓެންޓް ކޯޗް ޕެޕް ލިންޑާސް އެވެ. ކޮވިޑަށް ޕޮޒިޓިވްވެ ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް މި ވަގުތު ހުރީ އައިސޮލޭޝަންގަ އެވެ.