"އޮޅުމަކުން" ކޮންމެ އެކައުންޓަކަށް 176 މިލިއަން ޑޮލަރު ޖަމާވެއްޖެ
"އޮޅުމަކުން" ކޮންމެ އެކައުންޓަކަށް 176 މިލިއަން ޑޮލަރު ޖަމާވެއްޖެ

ދިމާވި ޓެކްނިކަލް މައްސަލައަކާ ހެދި އިނގިރޭސީވިލާތުގެ ބޭންކަކަށް އެތައް ހާސް އެކައުންޓަކަށް 130 މިލިއަން ޕައުންޑް (176 މިލިއަން ޑޮލަރު) ގެ ރޭޓުން ފައިސާ ޖަމާކޮށްފި އެވެ.

މިކަމެއް ދިމާވީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. ސޭންޓޭންޑާ ބޭންކަށް "އޮޅުމަކުން" 75،000 މީހެއްގެ އެކައުންޓަށް އެހާ ބޮޑު އަދަދަކުން ފައިސާ ޖަމާ ކުރެވުނެވެ. އަދި މިކަން އެނގުމާ އެކު އެ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އެކަމަކު މިކަން ކުރަން ސޭމްޑޭންޓާ އަށް ވަނީ ގޮންޖެހުންތަކަކާ ވެސް ކުރިމަތިވެފަ އެވެ. ސަބަބަކީ ފައިސާ ޖަމާކުރެވުނު ގިނަ އަދަދެއްގެ ކަސްޓަމަރުންނަކީީ އެހެން ބޭންކްތަކެއްގައި ވެސް އެކައުންޓްތައް ހުޅުވާފައި ހުރި ކަސްޓަމަރުންނަށް ވުމެވެ.

އެހެންވެ އެ ފައިސާ އެ މީހުން ބޭނުންކުރުމުގެ ފުރުސަތު ވެސް ބޮޑެވެ.

މިކަމާ ގުޅިގެން ސޭންޓޭންޑާ އިން ނެރުނު ބަޔާނެއްގައި ބުނީ "ޓެކްނިކް އެރާއަކުން" ގިނަ އަދަދެއްގެ އެކައުންޓްތަށް ފައިސާ ޖަމާކުރެވުނީ 2،000 ބިޒްނެސް އެކައުންޓަކަށް ތަކުރާރުކޮށް ޕޭމަންޓްތަކެއް ހެދުމާ ގުޅިގެން ކަމަށެވެ.

"މިދިމާވި ޓެކްނިކަލް މައްސަލައާ ހެދި މައާފަށް ވެސް އެދެން. އަދި މިކަމާ ގުޅިގެން އަހަރެމެންނާ އެކު މުއާމަލާތްކުރާ އެއްވެސް ބަޔަކަށް ގެއްލުމެއް ނުވާކަމާއި އޮޅުމަކުން ޖަމާކުރެވުނު ފައިސާ ހޯދުމުގެ މަސައްކަތް މި އަންނަނީ ކުރަމުން."

ނަމަވެސް ޖަމާކުރެވުނު ފައިސާ ޖޯދަން ކުރާ މަސައްކަތުގައި ކަސްޓަމަރުންގެ ފަރާތުން އެއްބާރުން ނުލިބިއްޖެ ނަމަ އެ ފައިސާ އިއާދަކުރާނެ ގޮތުގެ ތަފުސީލެއް ބޭންކުން ހާމައެއް ނުކުރެ އެވެ. އެކަމަކު މިކަމުގައި އެހީތެރިކަން ހޯދަން މިހާރު ވަނީ ފައިސާ ޖަމާކުރެވުނު މީހުންގެ ތެރެއިން އެޗްއެސްބީސީ އާއ ނެޓްވެސްޓާއި ކޯޕަރޭޓިވް ބޭންކްގެ އިތުރުން ވާޖިން މަނީގައި އެކައުންޓްތަކަށް ހުޅުވާފައިވާ މީހުންނަށް ޖަމާކުރެވުނު ފައިސާ އިދާޔަކުރަން އެ ބޭންކްތަކުގެ އެހީތެރިކަމަށް އެދިފަ އެވެ.