މޯލްޑިވިއަންގެ ވަރަ ބިނދެނީތަ؟
މޯލްޑިވިއަންގެ ވަރަ ބިނދެނީތަ؟

މުޅި ދުނިޔޭގެ ވައިގެ ދަތުރުފަތުރު އެއްކޮށްހެން ހުއްޓުވާލި ކޯވިޑް-19 ބަލިމަޑުކަމާ އެކު ދިވެހީންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމުގެ ގޮތުގައި ގައުމީ އެއާލައިން ވަނީ ވެފަ އެވެ. މޯލްޑިވިއަންގެ ވަރަ ފުޅާކޮށް އުދުހެވޭނެތޯ ނުވަތަ ވަރަ ބިނދި އުދުހުން ހުއްޓޭނީތޯ ސުވާލު އުފެދެން ވަނީ ފަށައިފަ އެވެ. ގައުމީ އެއާލައިން ކުރިއެރުވުމުގެ ގާބިލުކަން އައިލޭންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑްގައި އެބަހުރިތޯ ކުރެވޭ ސުވާލުގެ އަޑު ވެސް ވަނީ ގަދަވެފަ އެވެ.

މޯލްޑިވިއަންގެ ވަރަ ބިނދެނީތަ؟
މޯލްޑިވިއަންގެ ވަރަ ބިނދެނީތަ؟

ސަތޭކަ ޕަސެންޓް ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ގޮތުގައި އައިލޭންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް އުފެއްދީ އޭޕްރިލް 13، 2000 ގައެވެ. ދިވެހި ގައުމީ އެއާލައިންގެ ގޮތުގައި އައިލޭންޑް އޭވިއޭޝަންސް އިން ހިންގާ އެއާލައިން، މޯލްޑިވިއަން އަކީ ދިވެހިރާއްޖޭގެ ވައިގެ ދަތުރުފަތުރުގައި ބޮޑު ދައުރެއް އަދާކުރަމުން އަންނަ އެއާލައިނެކެވެ. ވައިގެ ދަތުރުފަތުރުން ރާއްޖޭގެ އެއްރަށާއި އަނެއް ރަށް ގުޅުވާލަދީ، ޓޫރިސްޓުން އުފުލއިދޭ މުހިންމު ބައިވެރިޔާ އެވެ. ގަދަ ކަނޑުތަކުގައި ދިގު ދަތުރު ކުރަމުން ދިޔަ ދިވެހީންގެ ދަތުރު އަމާންކޮށްދީ ކުރުކޮށްލަދިން މިތުރެވެ. ކުއްލި ހާލަތުގައި މީހުންނާއި މުދާ އުފުލައިދޭ ގައުމީ ސަވާރީ އެވެ.

މޯލްޑިވިއަންގެ ވަރަ ބިނދެނީތަ؟
މޯލްޑިވިއަންގެ ވަރަ ބިނދެނީތަ؟

އައިލޭންޑް އޭވިއޭޝަންސް އަކީ އެއާލައިން ގެ އިތުރުން އެއާޕޯޓް ހިންގުމުގަ އާއި އެއާކްރާފްޓް އިންޖިނިއަރިންގައި ހަރަކާތްތެރިވާ ކުންފުންޏެކެވެ. މިގޮތުން މާފަރު އެއާޕޯޓް، ދަރަވަންދޫ އެއާޕޯޓް، ތިމަރަފުށި އެއާޕޯޓް އަދި އިފުރު އެއާޕޯޓް ހިންގަނީ އެ ކުންފުނިންނެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާ އެއާބަސް މަރުކާގެ ބައެއް ބޯޓުތަކާއި ބޯއިން މަރުކާގެ ބައެއް ބޯޓުތަކަށް އިންޖިނިއަރިންގެ ހިދުމަތް އަންނަނީ ދެމުންނެވެ.

މޯލްޑިވިއަންގެ ވަރަ ބިނދެނީތަ؟
މޯލްޑިވިއަންގެ ވަރަ ބިނދެނީތަ؟

ދެހާސް ވިހި ވަނަ އަހަރު މުޅި ދުނިޔޭގެ އިގްތިސާދަށް ލޮޅުން ގެނުވާލި ބަލިމަޑުކަމުގެ ކުރިން، 2000 އިން 2019 އަށް އައިލޭންޑް އޭވިއޭޝަންސް އަކީ މާލީގޮތުން ފައިދާ ވަމުން އައި ކުންފުންޏެކެވެ. އެންމެ ފުރަތަމަ ކޯވިޑް-19 ފެނި ވައިގެ ދަތުރުފަތުރު ހުއްޓާލަން ޖެހުނު ޗައިނާ އަކީ މޯލްޑިވިއަން އިން ދަތުރު ކުރަމުންދިޔަ އެންމެ ފައިދާބޮޑު ބައިނަލްއަގުވާމީ މަންޒިލެވެ. އެއަށްފަހު ދުނިޔޭގެ ޓޫރިޒަމް ހުއްޓި، ވިޔަފާރީގެ ގޮތުގައި ކުރަމުންދިޔަ އެތެރޭގެ އުދުހުންތައް މެދުކެނޑުމާ އެކު ކުންފުންޏަށް މާލީ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނެވެ.

ނަމަވެސް ނިމިދިޔަ 2021 ވަނަ އަހަރު ގެއްލުން ބޮޑުތަނުން ކުޑަކުރެވި 2022 ވަނަ އަހަރު އަލުން ފައިދާވާން ފަށާނެ ކަމަށް ކުންފުނިން ލަފާކުރެއެވެ.

- 2020 ވަނަ އަހަރުގެ ގެއްލުން 400 މިލިއަން ރުފިޔާއަށް ވުރެ ބޮޑު.
- 2021 ވަނަ އަހަރުގެ ގެއްލުން 170 މިލިއަން ރުފިޔާއަށް ކުޑަކުރެވޭނެ ކަމަށް ލަފާކުރެވޭ.
- 2022 ވަނަ އަހަރަށް ލަފާކުރާ ފައިދާ 100 މިލިއަން ރުފިޔާއަށްވުރެ އިތުރު.

ކޯވިޑް-19 ގެ ބަލިމަޑުކަމާއެކު ލިބެމުންދިޔަ ގެއްލުމުގެ ސަބަބުން ދުނިޔޭގެ ގިނަ އެއާލައިންތަކުން މުވައްޒަފުން މަދުކުރަމުން ދިޔަ ނަމަވެސް އައިލޭންޑް އޭވިއޭޝަންސް އިން ދިވެހި މުވައްޒަފުން މަދުކޮށްފައެއް ނުވެއެވެ.

ކޯވިޑް-19 ގެ ބަލިމީހުންނާއި އެ މީހުންނާ ދިމާވާ މީހުން ރާއްޖޭގެ އެކިއެކި ރިސޯޓުތަކުގައި އެކަހެރިކުރަން ފެށުމާއެކު އެ މީހުންނަށް ކާނާ ފޯރުކޮށްދިނުމަށާއި ސާމްޕަލް އުފުލުމުގައި މޯލްޑިވިއަންގެ ސީޕްލޭންގެ ދައުރަކީ ފަޚުރުވެރިކަމާ އެކު ފާހަގަކޮށްލަން ޖެހޭ ދައުރެކެވެ. ޖޫން/ޖުލައިގެ ގަދަ ވަޔާއި ބޯ ވިއްސާރާގައި ބޯޓުތައް ދުއްވައި ބޮޑެތި ރާޅުތަކުގެ ތެރެއަށް ޖައްސައި ރައްޔިތުންގެ ރައްކާތެރިކަމަށް މޯލްޑިވިއަން އިން ކުރަމުންދިޔަ ހިތްވަރަކީ ޤައުމީ ނަމޫނާއެކެވެ. އަދި އާއިލާއާ ދުރުގައި އެއާޕޯޓްގައި މެދުނުކެނޑި އެތައް ދުވަހެއް ހޭދަކޮށް، މިކަމުގައި ބައިވެރިވި އެންމެހާ މުވައްޒަފުންނަކީ ގައުމީ ބަޠަލުންގެ ދަރަޖާގައި ގުނާލެވޭނެ ބައެކެވެ.

ދުނިޔޭގެ ކަންކޮޅުތަކުން ބޯޑަރުތައް ބަންދުކޮށް އެއް ަގައުމުން އަނެއް ގއުމަށް ދަތުރުކުރުން ހުއްޓާލުމާއެކު، ތަފާތު ބޭނުންތަކުގައި ރާއްޖެއިން ބޭރުގައި ތިބި އެތައް ރައްޔިތުންނެއް އަނބުރާ ގައުމަށް ގެނެސްދިނުމުގެ އުނދަގޫ މަސައްކަތުގައި މޯލްޑިވިއަން ކުރި މަސައްކަތަކީ ވެސް ދިވެހި ގައުމީ އެއާލައިންގެ މުހިންމުކަން ހާމަވެގެންދިޔަ ކަމެކެވެ. ދުވަހުން ދުވަހަށް ބޭނުންވާ ކާބޯތަކެތި ގައުމުން ބޭރުން ގެންނަންޖެހޭ މި ރާއްޖެ އަށް އެފަދަ ހައްސާސީ ދަނޑިވަޅެއްގައި މުދާ އެތެރެކުރުމުގެ މަސައްކަތުގައި މޯލްޑިވިއަން އިން އުދުހެމުންދިޔަ އުދުހުމަކީ އިހުގެ ދިވެހިން ދުށްފަދަ 'ބޮޑުތަދު' ދުވަސްވަރެއް މި ޖީލަށް ކުރިމަތިވިޔަ ނުދިނުމަށް އުދުހުނު އުދުހުމެކެވެ.

ކޯވިޑް ފިޔަވައި އެހެންބަލިތަކުގައި ހާލުދެރަވާ މީހުން އުފުލުމުގައި މޯލްޑިވިއަން އަބަދުވެސް އަންނަނީ އެންމެ ކުރީސަފުގައި ހަރަކާތްތެރިވަމުންނެވެ. އަދި ކޯވިޑާ އެކު އާއްމު ދަތުރުފަތުރު އެއްކޮށްހެން ހުއްޓިފައި އޮތް ނަމަވެސް މިފަދަ ބަލިމީހުން އުފުލުމުގައި ދެގޮތެއްނުވެ މޯލްޑިވިއަން ވަނީ ހަރަކާތްތެރި ވެފައެވެ. މީގެ އިތުރުން ތަފާތު ބަލިތަކަށް ފަރުވާދޭން ބޭނުންވާ އާލާތްތަކާއި ބޭސް އެ ދުވަސްވަރު ރާއްޖެއަށް އެތެރެކޮށް އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމުގައި މޯލްޑިވިއަންގެ ދައުރު ފާހަގަކޮށްލެވެއެވެ.

ރާއްޖެއިން ބޭރުން މައިގަނޑު މަންޒިލެއްގެ ގޮތުގައި ޗައިނާ އަށް ކުރަމުންދިޔަ ދަތުރުތައް ބަލިމަޑުކަމާ އެކު ހުއްޓާލަން ޖެހުމާއެކު މޯލްޑިވިއަންގެ މިސްރާބު ވަނީ ބަދަލުކުރަން ޖެހިފަ އެވެ. ރާއްޖެއިން ބޭރަށް މޯލްޑިވިއަން އިން މިހާރު ކުރަމުންގެންދާ ދަތުރުތަކުގެ މައިގަނޑު މަންޒިލްތަކަކީ ދިވެހީންގެ ބޭސްފަރުވާގެ ބޭނުމަށް ދާ މަންޒިލްތަކެވެ.

- ކޮޗިން (ހަފުތާއަކު 4 ދަތުރު)

- ޓްރިވަންޑްރަމް (ހަފުތާއަކު 4 ދަތުރު)

މީގެ އިތުރުން ރާއްޖެއަށް ގިނަބަޔަކު ދަތުރުކުރާ އިންޑިއާ ގެ ދިއްލީ އާއި ބަނގުލަދޭޝްގެ ޑާކާ އަށް މޯލްޑިވިއަން މިހާރު ދަތުރު ކުރެއެވެ. ކުރިއަށް ރޭވިފައިވާ މަންޒިލްތަކުގެ ތެރޭގައި އިންޑިއާގެ އިތުރު ސިޓީތަކާއި، ތައިލޭންޑްގެ ބެންކޮކް، ޔޫ.އޭ.އީ ގެ ޝާރުޖާ އަދި މެލޭޝިޔާގެ ކުއާލަމްޕޫރު ހިމެނެއެވެ.

މޯލްޑިވިއަން އަކީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި އެންމެ ގިނަ މަންޒިލްތަކަށް، އެންމެ ގިނަ ދަތުރުކުރާ އެއާލައިނެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީ ކުރެވިފައިވާ 16 އެއާޕޯޓުގެ ތެރެއިން 13 އެއާޕޯޓަށް މޯލްޑިވިއަންއިން ދުވާލަކު 33 ދަތުރު ކުރެއެވެ. މީގެތެރެއިން ގިނަ ދަތުރުތަކަކީ މާލީ މަންފާގެ ބަދަލުގައި ރައްޔިތުންގެ ލާބައަށް ކުރެވޭ ދަތުރުތަކެކެވެ.

ދިވެހިރާއްޖޭގެ މައި އެއާޕޯޓު ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޖާގައިގެ ދަތިކަމާހުރެ ހިދުމަތް ދިނުމުގައި ދިމާވާ ދަތިތަކަށް ލުއިލިބި، ވައިގެ ދަތުރުފަތުރު ލާމަރުކަޒީ ކުރުމުގެ ފުރުސަތު ތަނަވަސްކުރުމަށްޓަކައި މާފަރު އިންޓަރނޭޝަނަލް އެއާޕޯޓް އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް އައިލޭންޑް އޭވިއޭޝަންސް އިން ކުރިއަށް ގެންދަން ރާވާފައި ވެއެވެ.

އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) ގެ މައްސަލަ ބޮއްސުންލައި، އެތައްހާސް ޑޮލަރެއް ހާރަދުކޮށްގެ ކިޔަވަމުންދިޔަ 100 އަށްވުރެ ގިނަ ދަރިވަރުންގެ ކިޔެވުން ހުއްޓިފައިވާތީ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަކަށް އައިލޭންޑް އޭވިއޭޝަންސް އިން އަންނަނީ ފްލައިން ސްކޫލެއް ހިންގުމަށް ތައްޔާރުވަމުންނެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ އާއެކު އައިލޭންޑް އޭވިއޭޝަންސް އިން އުފައްދާ ޖޮއިންޓް ވެންޗާ ކުންފުނިން އައްޑޫގައި ހިންގާ މި ފްލައިން ސްކޫލް މެނޭޖްކުރަން ހަމަޖެހިފައިވަނީ ޗެކް ރިޕަބްލިކްގެ ފްލައިން އެކަޑަމީންނެވެ. ފުރަތަމަ ބެޗުން 30 ދަރިވަރުންނަށް ޖާގަ ދިނުމަށް ނިންމާފައިވާ މި ފްލައިން ސްކޫލުން ފުރަތަމަ އަހަރު 80 ދަރިވަރުންނަށް ކިޔެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ. އޭއޭއޭ ގައި ކިޔަވަމުން ދިޔަ ދަރިވަރުންނަށް އިސްކަންދީގެން ޖާގަދޭން ނިންމާފައިވާއިރު މިއީ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލައަށް ވެސް ލިބުނު ތަސައްލީއެކެވެ.

ކުންފުންޏެއްގެ އިދާރީ ހިންގުން ހަރުދަނާވުމަކީ އެ ކުންފުންޏަކުން ދޭ ހިދުމަތްތައް ރަނގަޅުކުރުމަށް މުހިންމު ކަމެކެވެ. އައިލޭންޑް އޭވިއޭޝަންސް އިން އަންނަނީ އެ ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށް މުހިންމު ފިޔަވަޅުތަކެއް ކުރިއަށް އަޅަމުންމެވެ. މިގޮތުން މުސްކުޅިވެފައިވާ ސިސްޓަމްސްތައް އަޕްގްރޭޑްކޮށް އެކިއެކި ހިދުމަތްތަކާއި މަސައްކަތް ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް 2021 ވަނަ ބޭނުން ކުރަން ފެށިފައި ވެއެވެ. އެގޮތުން،

- ޖުލައި 1، 2021 ފެށިގެން ކުންފުނީގެ ހުރިހާ މުވައްޒަފުން އޮފީސް 365 މަސައްކަތުގެ ޕްލެޓްފޯމް ބަދަލުކުރެވުން.

- ސެޕްޓެމްބަރު 1، 2021 ސީޕްލޭން ހިދުމަތް ދިނުމުގެ ސިސްޓަމް އައު އިންޓިގްްރޭޑެޑް ސޮފްޓްވެއަރ އެއްގެ މަސައްކަތް ނިންމާ ސެޕްޓެމްބަރ 2021 ގައި ބޭނުން ކުރަންފެށުން.

- ނޮވެމްބަރު 16، 2021 އިން ފެށިގެން ޒަމާނުއްސުރެން ބޭނުންކުރަމުންދިޔަ ކަރުދާސް ވޭބިލް އުވާލައި އީ ވޭބިލް ތައާރަފްކުރެވި އަދި ކަސްޓަމަރުންގެ ކާގޯ އޮންލައިންކޮން ޓްރެކްކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދިއުން.

- ޑިސެމްބަރު 1، 2021 ފެށިގެން ކުންފުނީގެ ރެވެނިއު އެކައުންޓިން ސިސްޓަމް އަޕްގްރޭޑް ކުރެވި، ރެވެނިއު މުވައްޒަފުންނަށް ކޮންމެ ތަނެއްގައި ވެސް ތިބެގެން މަސައްކަތްކުރެވޭނެ މަގުފަކުރެވިފައިވުން.

- ކުންފުނީގެ މާލީހިސާބުތައް ދުވަހުންދުވަހަށް ބެލެހެއްޓުމަށް އެންޓަޕްރައިސް ރިސޯސް ޕްލޭނިން ސޮފްޓްވެއާ ގެނެވި މިއަހަރު ތެރޭ އިންޕްލިމަންޓޭޝަން ނިންމައި ޖެނުއަރީ 1، 2022 ގައި ބޭނުންކުރަން ފެށުން.

- އައިލޭންޑް އޭވިއޭޝަން އަށް 20 އަހަރު ފުރިގެންދިޔަ އިރު އިދާރީ މަސައްކަތަށް އަމިއްލަ އިމާރާތެއް ނެތި އެކި އިމާރާތްތަކަށް ބަދަލުވާން ޖެހިފައި ވުމަކީ އިދާރީ މަސައްކަތް ހަރުދަނާކުރަމަށް ދިމާވެފައިވާ ގޮންޖެހުމަކަށްވެފައިވާތީ، ކުންފުނީގެ އިދާރީ މަސައްކަތްތަކަށް އެކަށޭނަ ތަނަވަސް މާހައުލެއް ހޯދުމަށްޓަކައި މާލޭގައި 14 ބުރީގެ އިމާރާތެއް މާލޭގައި އިމާރާތްކުރުމުގެ މަސައްކަތް ފެށިފައިވުން.

- އެއާޕޯޓްގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ މަސައްކަތުގެ މާހައުލު ރަގަނޅު ކުރުމަށް އެއާޕޯޓްގައި ދެ ސަރަހައްދެއްގައި އޮފީސް އިމާރާތެއް މަސައްކަތް ކުރަން ވަނީ ރޭވިފައިވުން.

ދުނިޔެ އަށް ކުރިމަތިވެފައިވާ ބަލިމަނޑުކަމުގެ ތެރޭގައި ދިވެހީންގެ އުއްމީދުތަކާ ގުޅިފައިވާ ގައުމީ އެއާލައިންގެ ވަރަ ފުޅާކޮށް އުދުހުމައިގެން ކުރިއަށް ދިއުމަށްޓަކައި އައިލޭންޑް އޭވިއޭޝަންސް އިން އަންނަނީ ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރިއަށް ޖެހެމުންނެވެ.