01 ޖެނުއަރީ 2022 - 10:35

ދިރާގުން ދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން ދިރާގު ހައިސްޕީޑް ފައިބަ އިންޓަނެޓްގެ ހިދުމަތާއި ދިރާގު ޓީވީގެ ހިދުމަތް ހއ.ކެލާގައި ވެސް ފަށައިފި އެވެ.
މި ދެ ހިދުމަތް ރަސްމީކޮށް ފަށައިި އެ ރަށަށް ހާއްސަ އިނާޔަތްތަކެއް ވެސް އެ ކުންފުނިން ވަނީ ތައާރަފްކޮށްފަ އެވެ.
ދިރާގު ފައިބަ ބްރޯޑްބޭންޑް ޕެކޭޖް ނަގާ ކަސްޓަމަރުންނަށް ހިލޭ ފައިބަ ގުޅައިދިނުމުގެ އިތުރުން ރައުޓަ ވެސް ލިބޭނެ އެވެ. ދިރާގުން ބުނީ މިއީ އެންމެ ހަލުވި ސްޕީޑާއި އެންމެ ބޮޑެތި ޑޭޓާ އެލަވަންސްތައް ހިމެނޭ ތަފާތު ޕެކޭޖްތައް ހޯދުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ.
ދިރާގު ޓީވީ އަށް އެޕްލައިކުރާ ކަސްޓަމަރުންނަށް ވެސް ޚިދުމަތް މުޅިން ހިލޭ ގުޅައިދީ، ޖޯއި ބޮކްސް ވެސް ހިލޭ ލިބޭނެ އެވެ.
ދިރާގު ފައިބަ ބްރޯޑްބޭންޑް ހިދުމަތް ރާއްޖޭގެ އެކި ހިސާބުތަކަށް އަންނަނީ ފުޅާކުރަމުންނެވެ. މިއީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބަ ނެޓްވޯކެވެ. މިހާރު ރާއްޖޭގެ ގޭބިސީގެ 80 ޕަސެންޓަށް މި ހިދުމަތް ދިރާގުން ދެ އެވެ.