ވިމެންސް އިންވިޓޭޝަން ކަޕް: ފައިނަލުގެ ޖާގަ ހޯދަން ޓީމުތަކުގެ ވާދަވެރިކަން ބޮޑުވެފައި
ވިމެންސް އިންވިޓޭޝަން ކަޕް: ފައިނަލުގެ ޖާގަ ހޯދަން ޓީމުތަކުގެ ވާދަވެރިކަން ބޮޑުވެފައި

ނައިފަރު ޓާފް ދަނޑުގައި މިހާރު ކުރިޔަށްދާ އެފްއޭއެމް ވިމެންސް ފުޓުބޯޅަ އިންވިޓޭޝަން ކަޕްގައި މިއަދު ހަވީރު އައިޑިއަލް މޫވްމަންޓުން، ބަޒޫކާ ސްޕޯޓްސް ކްލަބް 5-1 އިން ބަލިކުރުމާ އެކު ފައިނަލުން ޖާގަ ހޯދުމުގެ ރޭހުގެ ފޯރިގަދަވެއްޖެ އެވެ.

ވިމެންސް އިންވިޓޭޝަން ކަޕް: ފައިނަލުގެ ޖާގަ ހޯދަން ޓީމުތަކުގެ ވާދަވެރިކަން ބޮޑުވެފައި
ވިމެންސް އިންވިޓޭޝަން ކަޕް: ފައިނަލުގެ ޖާގަ ހޯދަން ޓީމުތަކުގެ ވާދަވެރިކަން ބޮޑުވެފައި

ޖުމްލަ ފަސް ޓީމު ވާދަކުރާ މި މުބާރާތް ކުރިޔަށް ދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއްފަހަރު ކުޅެ، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލް ކުޅޭ ގޮތަށެވެ. އައިޑިއަލް މޫވްމަންޓާއި ބަޒޫކާ ސްޕޯޓްސް ކުލަބުގެ އިތުރުން ދެން މުބާރާތުގައި ވާދަކުރަނީ އެޕެކްސް ސްޕޯޓްސް ކްލަބާއި، ޑޮޓްކޮމް ސްޕޯޓްސް ކްލަބް އަދި ކުރެންދޫ ސްޕޯޓްސް ކުލަބެވެ.

ވިމެންސް އިންވިޓޭޝަން ކަޕް: ފައިނަލުގެ ޖާގަ ހޯދަން ޓީމުތަކުގެ ވާދަވެރިކަން ބޮޑުވެފައި
ވިމެންސް އިންވިޓޭޝަން ކަޕް: ފައިނަލުގެ ޖާގަ ހޯދަން ޓީމުތަކުގެ ވާދަވެރިކަން ބޮޑުވެފައި

ހިންނަވަރު ފުޓުބޯޅަ ކުލަބު ވެސް މުބާރާތުގައި ބައިވެރިވާގޮތަށް ކުރިން ހަމަޖެހުނު ނަމަވެސް ކޮވިޑާ ހުރެ އެންމެ ފަހު ވަގުތު އެ ޓީމު މުބާރާތުން ވަކިވާން ޖެހުނީ އެވެ.

ވިމެންސް އިންވިޓޭޝަން ކަޕް: ފައިނަލުގެ ޖާގަ ހޯދަން ޓީމުތަކުގެ ވާދަވެރިކަން ބޮޑުވެފައި
ވިމެންސް އިންވިޓޭޝަން ކަޕް: ފައިނަލުގެ ޖާގަ ހޯދަން ޓީމުތަކުގެ ވާދަވެރިކަން ބޮޑުވެފައި

އައިޑިއަލް ޓީމުން ބަޒޫކާ ބަލިކޮށް ތިން ޕޮއިންޓް ހޯދާފައިވާއިރު، ޑޮޓްކޮމް އާއި އެޕެކްސް ވެސް ވަނީ ތިން ޕޮއިންޓް ހޯދައިފަ އެވެ. މި ތިން ޓީމު ވެސް މިހާތަނަށް ދެ މެޗު ކުޅެފައިވާއިރު ބާކީ ދެ މެޗު އަދި ކުޅެން ޖެހެ އެވެ. އެހެންވެ ފައިނަލުން ޖާގަ ހޯދަން މި ތިން ޓީމުގެ ވާދަވެރިކަން ބޮޑެވެ.

މިމަހު 25 ވަނަ ދުވަހު ފެށި މުބާރާތުގެ ލީގު ބުރުގައި މިހާތަނަށް ވަނީ ހަ މެޗު ކުޅެފަ އެވެ. ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް ނުވަ ޕޮއިންޓާ އެކު މި ވަގުތު އެއްވަނައިގައި އޮތީ ކުރެންދޫ ސްޕޯޓްސް ކުލަބެވެ. އެ ޓީމު ވަނީ އެޕެކްސް އާއި ބަޒޫކާ އަދި އައިޑިއަލްއާ ވާދަކުރި މެޗުތައް ކާމިޔާބު ކޮށްފަ އެވެ.

މި ބުރުގައި ކުރެންދޫ އަށް ބާކީ އޮތީ ޑޮޓްކޮމްއާ ދެކޮޅަށް މާދަމާ ހަވީރު ކުޅޭ މެޗެވެ. މި މެޗުން ޕޮއިންޓެއް ހޯދައިގެން ވެސް ކުރެންދޫ އަށް އެއްވަނަ ޔަގީން ވާނެ އެވެ.

މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ބަލިވެ، ބަޒޫކާ ވަނީ މުބާރާތުން ކަޓައިފަ އެވެ. ބަޒޫކާ އަށް މި ބުރުގައި ބާކީ އޮތީ އާދިއްތަ ދުވަހު އެޕެކްސްއާ ދެކޮޅަށް ކުޅެން އޮތް މެޗެވެ.

މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހައިފައި ވަނީ ކުރެންދޫ ސްޕޯޓްސްގެ ކެޕްޓަން މަރިޔަމް ސޮބާ އާއި އައިޑިއަލްގެ ސަފިއްޔާ ރަފާ އެވެ. މި ދެ ކުޅުންތެރިން ވެސް ވަނީ ހަތަރު ގޯލު ޖަހައިފަ އެވެ. ކުރެންދޫގެ ފާތިމަތު ޝުއާއު ވަނީ ތިން ލަނޑު ޖަހައިފަ އެވެ.

ލީގު ބުރުގެ ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު މުބާރާތުގެ ފައިނަލުގައި ކުޅޭނީ ޖެނުއަރީ 8 ވަނަ ދުވަހުގެ ހަވީރު އެވެ.

1 ޖެނުއަރީ 2022: ޑޮޓްކޮމް - ކުރެންދޫ

2 ޖެނުއަރީ 2022: އެޕެކްސް - އައިޑިއަލް

4 ޖެނުއަރީ 2022: ޑޮޓްކޮމް - އައިޑިއަލް

5 ޖެނުއަރީ 2022: އެޕެކްސް - ބަޒޫކާ