31 ޑިސެމްބަރ 2021 - 13:13

މޯލްޑިވްސް ޕޯސްޓުން އީ ޓުކުރި ޕްލެޓްފޯމުގައި، ލޯކަލް އުފެއްދުންތަކަށް ހާއްސަކޮށް އޮންލައިން ކޮމިއުނިޓީ ފިހާރައެއް ހުޅުވައިފި އެވެ.
ކުޅުދުއްފުށީގައި މި އޮންލައިން ފިހާރަ ހުޅުވާދެއްވީ އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ އެވެ. ކޮމިއުނިޓީ އޮންލައިން ޝޮޕަކީ ރަށްރަށުގެ އުފެއްދުންތެރިންނަށް އަމާޒުކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްކުމުގެ ފުރުސަތު ހޯދައިދޭ ވާޗުއަލް ފިހާރަ އެވެ.
އޮންލައިން ތަކެތި ވިއްކުމުގެ އިތުރަށް އުފެއްދުންތައް މާކެޓްކޮށް އިޝްތިހާރުކޮށްދިނުމާއި، ޕޯސްޓްގެ ނޭޝަންވައިޑް ޑެލިވަރީ ނިޒާމުގެ ތެރެއިން ވިއްކާ ތަކެތި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޓްރާންސްޕޯޓްކޮށް ޑެލިވަރީ ކޮށްދޭނީ މޯލްޑިވްސް ޕޯސްޓު ލިމިޑެޓުންނެވެ.
ކޮމިއުނިޓީ އޮންލައިން ޝޮޕްގެ ހިދުމަތް ހުރިހާ އަތޮޅު ޕޯސްޓް އޮފީސްތަކެއްގައި އެއްފަހަރާ ފެށިގެންދާނެ ކަމަށް ޕޯސްޓުން ބުންޏެވެ. އަދި ރަށްތަކަށް މި ހިދުމަތް ފުޅާ ކުރުމަށް ކުރެވޭ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދެވޭނެ ޕޯސްޓުން ބުންޏެވެ.
ޕޯސްޓުން ބުނީ މިފަދަ ހިދުމަތެއް ފެށުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮވިޑް-19 ގެ ސަބަބުން ގައުމުގެ އިގްތިސާދަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް އެހީވުން ކަމަށެވެ.