ބޯވަ ނަގަން މޫދުގައި އުޅުނު މީހަކު ގެއްލިގެން ހޯދަނީ
ބޯވަ ނަގަން މޫދުގައި އުޅުނު މީހަކު ގެއްލިގެން ހޯދަނީ

ބޯވަ ނަގަން މޫދަށް އެރުނު މީހަކު ގެއްލިގެން މިއަދު ހޯދަން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ ކ. ގުޅީފަޅު ކައިރިއަށް ބޯވަ ހިފަން އެރުނު 21 އަހަރުގެ ދިވެއްސަކު މިއަދު ހެނދުނުން ފެށިގެން ގެއްލިފައިވާ ކަމަށެވެ. އެ މީހާ ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން އަންނަނީ ކުރަމުންނެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި އެ މީހާ އެންމެ ފަހުން ލައިގެން ހުރީ އަޅިކުލައިގެ ޓީޝާޓަކާއި ކަޅު ކުލައިގެ ސޯޓެއް ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.