30 ޑިސެމްބަރ 2021 - 14:23

މި އަހަރު ނިމުން ފާހަގަކުރަން އެމްއެންޑީއެފުން މާދަމާ ރޭ ހަވާ އަރުވަން ނިންމައިފި އެވެ.
އެމްއެންޑީއެފުން މިއަދު ކުރި ޓުވީޓެއްގައި ބުނީ މާދަމާ ރޭ 11:59 ގައި ހަވާ އެރުވުން އޮންނާނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި ކަމަށެވެ.
އާ އަހަރު ފާހަގަ ކުރުމަށް މީގެ ކުރިން ވެސް ސިފައިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަވާ އެރުވުމުގެ ހަރަކާތްތައް ކުރިޔަށް ގެންދެ އެވެ.
ހަވާ އެރުވުމުގެ އިތުރުން ޔޫތު މިނިސްޓްރީން ވަނީ މާދަމާ ރޭ މިއުޒިކް ޝޯއެއް ބާއްވަން ވެސް ނިންމައިފަ އެވެ. އެ ޝޯއަށް ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަންކިތު ތިވާރީ އަންނާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.