30 ޑިސެމްބަރ 2021 - 12:00

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު ނުރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާ އަށް މިއަދު ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ ރައީސްގެ ދެކަނބަލުން ލަންކާ އަށް ކުރައްވާ ހަތަރު ދުވަހުގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ އާދިއްތަ ދުވަހު ކަމަށެވެ.
އެނގިފައިވާ ގޮތުގައި ރައީސް ލަންކާ އަށް ވަޑައިގަންނަވަނީ އެމަނިކުފާނުގެ އާއިލާގެ ބައެއް ބޭފުޅުންނާ ބައްދަލުކުރެއްވުމަށެވެ. ރައީސްގެ މަންމާފުޅު ދިރިއުޅުއްވަނީ ލަންކާގަ އެވެ.
މިދިޔަ މަހު ރައީސް ލަންކާ އަށް ވަޑައިގަތީ އެ ގައުމުގައި އޮތް ފުޓްބޯޅަ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވުމަށެވެ. އެ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ރައީސް ގޮތާބަޔާ ރާޖަޕަކްސައާ ބައްދަލުކުރައްވައި، ދެ ގައުމުން އިސްކަންދޭ މުހިންމު މައުލޫތަކަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވި އެވެ.