ޗެލްސީ ލީގު ހޯދާނެ ކަމަށް ބުނުމަކީ މޮޔަ ކަމެއް: ޓުޗެލް
ޗެލްސީ ލީގު ހޯދާނެ ކަމަށް ބުނުމަކީ މޮޔަ ކަމެއް: ޓުޗެލް

ލަންޑަން (ޑިސެމްބަރު 30) - އަނިޔާ އާއި ކޮވިޑުގެ ބަލިމަޑުކަމުން ޓީމު އަރައިނުގަނެވިގެން އުޅޭ އިރު ޗެލްސީ އަށް ލީގު ކާމިޔާބު ކުރެވޭނެކަމަށް ނުދެކޭ ކަމަށާއި، އެހެން ގަބޫލުކުރުމަކީ ވެސް މޮޔަ ކަމެއް ކަމަށް އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

ޗެލްސީ ލީގު ހޯދާނެ ކަމަށް ބުނުމަކީ މޮޔަ ކަމެއް: ޓުޗެލް
ޗެލްސީ ލީގު ހޯދާނެ ކަމަށް ބުނުމަކީ މޮޔަ ކަމެއް: ޓުޗެލް

ޕްރިމިއާ ލީގުގައި ރޭ ޗެލްސީން އަމިއްލަ ދަނޑުގައި ބްރައިޓަންއާ ވާދަކޮށް 1-1 އިން އެއްވަރުވި މެޗަށް ފަހު ޓުޗެލް ބުނީ ޓީމުގައި ކޮވިޑް-19 ގެ ހަތް އެކްޓިވް ކޭސް އަދިވެސް އުޅޭ ކަމަށާއި، އަނިޔާގެ ސަބަބުން ހަ ކުޅުންތެރިއަކު ހަ ހަފްތާއަށް ވުރެ ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ތިބެން ޖެހިފައިވާ ކަމަށެވެ.

ޗެލްސީ ލީގު ހޯދާނެ ކަމަށް ބުނުމަކީ މޮޔަ ކަމެއް: ޓުޗެލް
ޗެލްސީ ލީގު ހޯދާނެ ކަމަށް ބުނުމަކީ މޮޔަ ކަމެއް: ޓުޗެލް

"މި ލީގު ކާމިޔާބު ކުރެވޭނީ ފުލް ސްކޮޑެއް އޮވެ، އެންމެ ފުރިހަމައަށް ފަރިތަކުރުންތައް ކުރިޔަށް ގެންދެވޭ ޓީމަކަށް. ކޮވިޑާއި އަނިޔާގެ މައްސަލަތަކާ އެކު އަހަރެމެންނަށް (ޗެލްސީ އަށް) މިކަން ވެދާނެ ކަމަށް ގަބޫލް ކުރުމަކީ މޮޔަކަމެއް،" ޓުޗެލް ބުންޏެވެ.

މެޗުގެ ފުރަތަމަ ހާފުގައި މޭސަން މައުންޓް ނަގައިދިން ކޯނަރަކުން ރޮމެލޫ ލުކާކޫ ޗެލްސީއަށް ލީޑު ނަގައިދީފައި ވަނިކޮށް، މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި ބްރައިޓަން އަށް އެއްވަރު ކޮށްދިނީ ބަދަލު ކުޅުންތެރިޔާ ޑެނީ ވެލްބެކެވެ.

ޗެލްސީގެ ރީސް ޖޭމްސް އާއި ޑިފެންޑަރު އަންޑްރެސް ކްރިސްޓެންސެން އަށް އަނިޔާ ވެގެން ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ބަދަލު ކުރަން ޖެހުނު އިރު، ރުބެން ލޮފްޓަސް ޗީކާއި ތިއާގޯ ސިލްވާ އަދި ބެން ޗިލްވެލް ވެސް ތިބީ އަނިޔާގަ އެވެ. އޭސީއެލް ސާޖަރީއެއް ހަދަން ޖެހިފައިވާ ޗިލްވެސް އަށް މި ސީޒަނުގެ ބާކީ ބައިގައި ދެން ނުކުޅެވޭނެ އެވެ.

މެޗުގައި ރެފްރީ މައިކް ޑީންގެ ބައެއް ނިންމުންތަކާ މެދު ވެސް ޓުޗެލް ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. ޓުޗެލް ބުނީ، ދެވަނަ ހާފުގައި އޭރިއާ ތެރެއިން ކްރިސްޓިއަން ޕުލިސިޗަށް ބްރައިޓަންގެ ކުޅުންތެރިން ފައުލް ކުރި ކަމަށާއި، ރެފްރީ ނިންމުން ފައިނަލް ކުރުމުގެ ކުރިން ވީއޭއާރު ނުބެލުމަކީ ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ފިލް ފޯޑެންގެ ހަމައެކަނި ގޯލުން ސިޓީން ރޭ 1-0 އިން ރަށުން ބޭރުގައި ބްރެންޓްފޯޑް ބަލިކުރިއިރު، އެ ޓީމު އެއްވަނައިގައި އޮތީ 20 މެޗުން 50 ޕޮއިންޓް ހަމަކޮށްގެންނެވެ. ޗެލްސީ އަށް 42 ޕޮއިންޓް ލިބިފައިވާއިރު، އެއް މެޗް މަދުން ކުޅެގެން، ތިންވަނައިގައި އޮތް ލިވަޕޫލް ވަނީ 41 ޕޮއިންޓް ހޯދައިފަ އެވެ.

ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑާއި ބާންލީ ބައްދަލު ކުރާއިރު، އެވަޓަން އާއި ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރަން އޮތް މެޗު ވަނީ ފަސް ކޮށްފަ އެވެ.