30 ޑިސެމްބަރ 2021 - 09:55

ނ.މަނަދޫގައި ސިޓީ ހޮޓަލެއް ހަދަން ބަޔަކާ ހަވާލުކޮށްފި އެވެ.

ސިޓީ ހޮޓާ ހަދަން ޓޫރިޒަމުން ހަވާލުކުރީ ސްޓޯން ހޮޓެލްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ.
މި ހޮޓާ 132،000 އަކަފޫޓުގެ ބިމެއްގައި ހަދަނީ 50 ކޮޓަރި ހިމެނޭ ގޮތަށެވެ. އެތަން 2024 ވަނަ އަހަރުގެ ޖުލައި މަހު ނިންމާލެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެ އެވެ.
މި ހޮޓާ ހެދުމުގެ އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީން ސޮއިކުރީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ. އަދި ސްޓޯން ހޮޓެލްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު އައްބާސް މުހައްމަދެވެ.
މި އަހަރުގެ ކުރީ ކޮޅު ހއ. ކެލާގައި 100 އެނދުގެ ސިޓީ ހޮޓަލެއް ތަރައްގީ ކުރަން ވެސް ވަނީ ހަވާލުކޮށްފަ އެވެ. އެ މަސައްކަތް ކުރަން 800،000 އަކަފޫޓުގެ ބިމެއް ކަނޑައަޅާފައިވެ އެވެ.
މީގެ އިތުރުން ހއ. އުލިގަމުގައި ވެސް ސިޓީ ހޮޓަލެއް ތަރައްގީކުރަން މިދިޔަ އަހަރު ހުޅުވާލި އެވެ. ނަމަވެސް އޭރު އެއްވެސް ފަރާތަކުން ކުރިމަތި ނުލާތީ ބިޑް ވަނީ ބާތިލުކޮށްފަ އެވެ.