އެމް-ފައިސާ ބޭނުންކޮށްގެން އަމާނާތަކަފުލްގެ މޮޓޯ އިންޝުއަރެންސަށް އެދެވޭނެ
އެމް-ފައިސާ ބޭނުންކޮށްގެން އަމާނާތަކަފުލްގެ މޮޓޯ އިންޝުއަރެންސަށް އެދެވޭނެ

އެމް-ފައިސާ ބެނުން ކޮށްގެން އަމާނާތަކާފުލް މޮޓޯ އިިންޝުއަރެންސް ރިނިއުކޮށް، އަލުން ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެމް-ފައިސާ މެދުވެރިކޮށް ގިނަ ޕޭމެންޓްތަކެއް ދެއްކުމުގެ އިންތިޒާމުތައް އުރީދޫން އަންނަނީ ފަހިކުރަމުންނެވެ.

އުރީދޫ އެމް-ފައިސާ އަކީ ކޮންމެ ތާކުން، އަދި ކޮންމެ ވަގުތެއްގައި ވެސް، ޑިޖިޓަލްކޮށް ފައިސާ ޖަމާކޮށް، ފައިސާ ނަގައި، އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވައި، ތަފާތު ހިދުމަތްތަކަށް ފައިސާ ދެއްކޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަނެކެވެ.

މިއީ ވަރަށް ގިނަ ޔޫޓިލިޓީ ބިލްތަކަށް އެއްތަނަކުން ފައިސާ ދެއްކުމަށް ވެސް ރާއްޖޭގައި ބޭނުންކުރާ ޑިޖިޓަލް ޕްލެޓްފޯމެވެ. މީގެ ތެރޭގައި އުރީދޫ، ސްޓެލްކޯ، މީޑިއާނެޓް، އެމްޑަބްލިއުއެސްސީ، މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ އަދި މޯލްޑިވްގޭސް ބިލްތައް ވެސް ހިމެނެ އެވެ.