އުރީދޫގެ ނޭޝަންވައިޑް ސަބްމެރިން ކޭބަލް ތިނަދޫއާ ގުޅާލައިފި
އުރީދޫގެ ނޭޝަންވައިޑް ސަބްމެރިން ކޭބަލް ތިނަދޫއާ ގުޅާލައިފި

އުރީދޫން ރާއްޖޭގެ ދެކުނުން އުތުރަށް އަޅަމުންދާ ސަބްމެރިން ކޭބަލް، ގދ. ތިނަދޫގައި ގާއިމްކޮށްފައިވާ ލޭންޑިން ސްޓޭޝަނާ މިއަދު ގުޅާލައިފި އެވެ.

އުރީދޫގެ ނޭޝަންވައިޑް ސަބްމެރިން ކޭބަލް ތިނަދޫއާ ގުޅާލައިފި
އުރީދޫގެ ނޭޝަންވައިޑް ސަބްމެރިން ކޭބަލް ތިނަދޫއާ ގުޅާލައިފި

މި ކޭބަލް އެޅުމުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެދުވަހު އުރީދޫން ވަނީ އެ ކޭބަލް ސ. ހިތަދޫގައި ގާއިމްކޮށްފައިވާ ލޭންޑިން ސްޓޭޝަނާ ގުޅާލާފައި އެވެ.

ފަންސަވީސް މިލިއަން ޑޮލަރުގެ މި ބޮޑު މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ މަހު ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ އިރު، މި ކޭބަލް މުޅި ރާއްޖޭގައި ދަމާލުމަށް، ހިތަދޫ އާއި ތިނަދޫގެ އިިތުރުން، ހުޅުމާލެ، މ. ކޮޅުފުށި، ބ. އޭދަފުށި އަދި ހދ. ކުޅުދުއްފުށީގައި ލޭންޑިން ސްޓޭޝަންތައް ވަނީ ގާއިމްކޮށްފަ އެވެ.

މިއީ އުރީދޫ އަށް ރާއްޖޭގައި އިިންޓަނެޓުގެ ހިދުމަތް ދިނުމުގެ ލައިސެންސް ލިބުމުން، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވީހާ ވެސް އަވަހަކަށް ހައި ސްޕީޑް އިންޓަނެޓް ފޯރުކޮށްދިނުމަށް އެ ކުންފުނިން ފަށާފައިވާ 25 މިލިއަން ޑޮލަރުގެ ބޮޑު ޕްރޮޖެކްޓެކެވެ.

މި ކޭބަލް އަޅައި ހިދުމަތް ދޭން ފެށުމުން، އުރީދޫގެ ހިދުމަތްތަކުގެ ފެންވަރު އިތުރަށް ފުރިހަމަވެ، ހަލުވި ސްޕީޑެއްގައި ބްރޯޑްބޭންޑް އިންޓަނެޓުގެ ހިދުމަތް ރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ. މި ކޭބަލްގެ ހިދުމަތް ދޭނީ ވާވޭގެ އެޑްވާންސްޑް 100ޖީ ޓެކްނޮލޮޖީ މެދުވެރިކޮށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.