ބެސްޓް ބައި މޮބައިލްގެ އަހަރު ނިންމާ ޕްރޮމޯޝަން ފަށައިފި
ބެސްޓް ބައި މޮބައިލްގެ އަހަރު ނިންމާ ޕްރޮމޯޝަން ފަށައިފި

މާލޭގައި މޮބައިލް ފޯނު ވިއްކުމުގައި އެތައް ބައެއްގެ އިތުބާރާއި މަގުބޫލުކަން ހޯދާފައިވާ "ބެސްޓް ބައި މޯބައިލް" ގެ އަހަރު ނިންމާ ޕްރޮމޯޝަން ފަށައިފި އެވެ.

އެ ފިހާރައިން ވިއްކާ އެޕަލްގެ އުފެއްދުންތަކުން ބޮޑެތި ޑިސްކައުންޓްތަކެއް މި ޕްރޮމޯޝަންގައި ލިބޭނެ އެވެ.

އަންނަ ޖެނުއަރީ މަހުގެ ފަސްވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާ ޕްރޮމޯޝަންގައި، އެ ފިހާރަ އިން ޑިސްކައުންޓް ލިބޭ އުފެއްދުންތަކުގެ ތެރޭގައި އައިފޯން 13، އެފަލް ވޮޗް، އެއާޕޮޑް، މެކްބުކް އަދި އައިިޕެޑް ހިމެނެ އެވެ.

އައިފޯން 13 ސީރީޒުން ގާތްގަނޑަކަށް 1،500ރ. އާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް ބެސްޓް ބައި މޮބައިލުން ބުންޏެވެ.

އެޕަލްގެ އުފެއްދުންތަކުގެ އިތުރުން އެ ފިހާރަ އިން ވިއްކާ ސެމްސަންގް، ވަން ޕްލަސް، ގޫގުލް ޕިކްސަލް އާއި ގޭމް ކުޅުމަށް ބޭނުން ކުރާ ސާމާނުން ވެސް ޑިސްކައުންޓް ދޭނެ އެވެ.

މަޖީދީ މަގުގެ އިތުރުން މާވެޔޮ މަގުގައި ވެސް ބެސްޓް ބައި މޯލްޑިވްސްގެ ފިހާރައެއް ހުރެ އެވެ. އެ ފިހާރަ އިން މާލޭގެ ހުރިހާ ހިސާބަކަށް ތަކެތި ޑެލިވަރީ ކޮށްދެ އެވެ.