އަންނަ ބުރާސްފަތި ދުވަހު ބީއެމްއެލް ބަންދު ވާނެ
އަންނަ ބުރާސްފަތި ދުވަހު ބީއެމްއެލް ބަންދު ވާނެ

ކޮންމެ އަހަރެއްގެ ޑިސެމްބަރު 31 ގައި ބޭންކްތައް ބަންދުވާތީ، އަންނަ ބުރާސްފަތި ދުވަހު ބީއެމްއެލް ބަންދުވާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ. ބުރާސްފަތި ދުވަސް ބޭންކްތައް ބަންދު ވަނީ، ޑިސެމްބަރު 31 އަކީ ހުކުރު ދުވަސް ކަމަށް ވާތީ އެވެ.

ބީއެމްއެލް އިން ބުނީ، އަންނަ ބުރާސްފަތި ދުވަހު ބޭންކްގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ވެސް ބަންދުވާނެ ކަމަށެވެ. ބޭންކް އަލުން ހުޅުވާނީ އަންނަ އާދިއްތަ ދުވަހު އެވެ.

އެ ބޭންކުން ބުނީ ބޭންކް ބަންދުވާ ދުވަސްތަކުގައި މޯބައިލް އަދި އިންޓަނެޓް ބޭންކިން އާއި ސެލްފް ސާވިސް އޭޓީއެމް މެދުވެރިކޮށް ބޭންކިން ހިދުމަތްތައް ލިބޭނެ ކަމަށެވެ.

ކޮންމެ އަހަރެއް ނިމުމާ އެކު، ބޭންކްތައް އެއް ދުވަހަށް ބަންދުކުރަނީ އޮޑިޓް ކުރުމަށެވެ.