13 ޑިސެމްބަރ 2016 - 14:11

ގއ. މާމެންދޫ ޒުވާނުންނަށް ހާއްސަކޮށްގެން އެ ރަށު ސޮސައިޓީ ފޯ މާމެންދޫ ސްޕޯޓްސް (އެސްއެމްއެސް) އިން ބާއްވާ އެސްއެމްއެސް ފުޓްސަލް ކަޕް އިއްޔެ ފަށައިފި އެވެ.
މި މުބާރާތުގައި އެ ރަށުން ހަތަރު ޓީމު ވާދަކުރެ އެވެ. އެއީ އެފްސީ ކަދެމަލެ އާއި މާމެންދޫ ޔަންގް ސްޓާސް އާއި ޕްރޮގްރެސިވް ސްޕޯޓްސް ކްލަބް ކްލަބް ޕީކޭ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ މާމެންދޫ ޔަންގް ސްޓާސް އަތުން ކަދެމަލެ ވަނީ 3-2 އިން މޮޅުވެފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކަދެމަލެގެ ނާއިފް ޝަރީފެވެ.
އެސްއެމްއެސްގެ އޮފިޝަލަކު ބުނީ މި މުބާރާތުގެ ބޭނުމަކީ ބޮޑު ޗުއްޓީގެ ތެރޭގައި ރަށުގެ ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކޮށް ފުޓްބޯޅައިގެ ހުނަރު ތަރައްގީކުރުން ކަމަށެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް ވަނީ 7000ރ. ހުށަހަޅައިފަ އެވެ.
މި މުބާރާތުގެ މެއިން ސްޕޮންސަރަކީ އުރީދޫ މޯލްޑިވްސް އެވެ. މީގެ އިތުރުން ސާފް ފިއުލް އިން ވެސް މުބާރާތަށް އެހީވެދެ އެވެ.