ސްޓެލްކޯގެ ޗެެއާމަން މުހައްމަދު ރަޝީދު އަވަހާރަވެއްޖެ
ސްޓެލްކޯގެ ޗެެއާމަން މުހައްމަދު ރަޝީދު އަވަހާރަވެއްޖެ

ސްޓެލްކޯގެ ޗެއާމަން މުހައްމަދު ރަޝީދު މިއަދު އަވަހާރަވެއްޖެ އެވެ.

އޭނާ އަވަހާރަވީ އާލާސްކަންފުޅެއްގައި އޭޑީކޭގައި ފަރުވާދެމުން އަންނަނިކޮށެވެ.

މުހައްމަދު ރަޝީދު އެ މަގާމަށް އައްޔަންކުރެއްވީ ފެބުރުއަރީ، 12، 2019 ގަ އެވެ. އޭނާ ވަނީ ސްޓެލްކޯއަށް ގިނަ އަހަރުތަކެއް ވަންދެން ހިދުމަތް ކުރައްވައިފަ އެވެ.

ސްޓެލްކޯގެ ވަޒީފާއަށް 1971ގައި ވެންނެވި މުހައްމަދު ރަޝީދު ވަނީ އިންޖިނޭރު ކަމާއި ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމް ފުރުއްވައިފަ އެވެ. އޭގެ ފަހުން ސީއީއޯ ކަމުގެ މަގާމާއި ބޯޑުގެ ޗެއާމަންގެ މަގާމު ވެސް އަދާކުރެއްވި އެވެ.