26 ޑިސެމްބަރ 2021 - 10:56

ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުމާ ގުޅުވައިގެން ހެދި ސްޓޭމްޕް ސެޓްގެ ސްވެނިއާ ޕްލާކް ޓޫރިޒަމް މިނިސްޓަރަށް ހަދިޔާކޮށްފި އެވެ.
ޓޫރިޒަމުގެ ރަން އަހަރުގެ ލޯގޯ ޖެހި ބެލްޖިއަމްގެ ސްޓޭމްޕް ސެޓާއި ނެދަލޭންޑުގެ ސްޓޭމްޕް ސެޓާއި،
އަދި ލަކްސަމްބާގްގެ ސްޓޭމްޕް ސެޓުގެ ސްވެނިއާގެ ތިން ޕްލާކު، މިނިސްޓަރަށް ހަދިޔާ ކުރީ ކުބެނެލަކްސް މޯލްޑިވްސް ފްރެންޑްޝިޕް ސޮސައިޓީގެ ރައީސް، އަދި ބެލްޖިއަމްގެ ފްލެންޑާސްގެ ރާއްޖޭގެ އޮނަރަރީ ކޮންސުލް ޖެރާޑު ހުއިޓިން އެވެ.
ބެނެލަކުސް ގައުމަތަކުގެ އެތެރެވަރި އާއި އިންޓަނޭޝަނަލް ޕޯސްޓުގެ ހިދުމަތަށް މިހާރު ބޭނުން
ކުރަމުން އަންނަ މި ހާއްސަ ސްޓޭމްޕް ސެޓްތަކަކީ މޯލްޑިވްސް ބެނެލަކުސް ފްރެންޑުޝިޕް ސޮސައިޓީގެ
ފަރާތުން، އެ ގައުމުތަކުގެ ޕޯސްޓް އޮފީހާއި، ބްރެސެލްސްގައި ހުންނަ ރާއްޖޭގެ ޔޫރަޕިއަން
ޔުނިއަންގެ އެމްބަސީ އާއި ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެން ނެރެނު ސްޓޭމްޕް ސެޓްތަކެކެވެ.
މި ސްޓޭމްޕް ސެޓްތަކުގެ ތެރެއިން މި އަހަރު ޖުލައި މަހު ނެރުނު ބެލްޖިއަމް ސްޓޭމްޕް ސެޓް
ނެރެދެއްވީ ޔޫރަޕިއަން ޔޫނިއަން އަށް ކަނޑައަޅާފައި ހުންނަ ރާއްޖޭގެ ސަފީރު
ހަސަން ސޯބިރެވެ.
ޓޫރިޒަމްގެ ރަންއަހަރާ ގުޅިގެން މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ ފަރާތުން ވެސް
ހާއްސަ ސްޓޭމްޕް ސެޓަކާއި ސްވެނިއާ ސެޓެއް އަންނަ އަހަރުގެ ފެބުރުއަރީ މަހު ނެރުމަށް ވަނީ ނިންމައިފަ އެވެ. އެ ސްޓޭމްޕް ސެޓް ނެރެދެއްވުމަށް ރާއްޖޭގެ ޓޫރިޒަމްގެ ޕައިނިއަރުންގެ ތެރޭގައި
ހިމެނޭ އިޓަލީގެ ޖޯޖު ކޯބިން އަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ދައުވަތުދީފަ އެވެ.