ގެއަކުން ވައްކަން ކުރަނިކޮށް ވައިގޮޅި އަށް ވެއްޓިއްޖެ
ގެއަކުން ވައްކަން ކުރަނިކޮށް ވައިގޮޅި އަށް ވެއްޓިއްޖެ

މާފަންނުގެ ގެއަކުން ވައްކަން ކުރަނިކޮށް ވައިގޮޅި އަށް ރޭ މީހަކު ވެއްޓިއްޖެ އެވެ. ނަމަވެސް އެއްވެސް އަނިޔާއެއް ނުވެ އެ މީހާ ވަނީ ސަލާމަތް ވެފައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނަކު ވައްކަން ކުރަން އުޅެނިކޮށް، ގެއެއްގެ ވައިގޮޅިއަށް ވެއްޓުނު ކަމުގެ ރިޕޯޓެއް ރޭ ދަންވަރު 2:55 ހާއިރު ލިބުނު ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.

ވައްކަމުގެ މައްސަލައިގައި އެ މީހާ މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.

މާލޭގައި މި ދުވަސްވަރު އަނެއްކާ ވެސް ގޭގެއިން ވައްކަން ކުރުން ފަދަ މައްސަލަތައް އިތުރުވެފައިވާ ކަން ފާހަގަކުރެވެ އެވެ.