215 ކިލޯގެ ޑްރަގްސްގެ މައްސަލައިގައި ދެ މީހުންނަށް ދައުވާކޮށްފި
215 ކިލޯގެ ޑްރަގްސްގެ މައްސަލައިގައި ދެ މީހުންނަށް ދައުވާކޮށްފި

ރާއްޖެއަށް 215 ކިލޯގެ ޑްރަގްސް އެތެރެކުރި މައްސަލައިގައި ދެ މީހެއްގެ މައްޗަށް ދައުވާކޮށްފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަދި މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު މިއަދު ވިދާޅުވީ އޮކްޓޯބަރު 14، 2021 ގައި ރ. ޅާނބުގަލި ކިޔާ ފަޅުރަށެއްގައި ޑްރަގްސް ފޮރުވާފައި ބެހެއްޓި މައްސަލައެއްގައި ދެ މީހެއްގެ މައްޗަށް ދެ ދައުވާއެއް ކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ މިދިޔަ އާދިއްތަ ދުވަހު ވަނީ ރ. މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފަ އެވެ.

ރާއްޖެއިން މިހާތަނަށް އެއްފަހަރާ އަތުލައިގަތް އެންމެ ގިނަ ޑްރަގްސްގެ މައްސަލައިގައި ހައްޔަރުކުރީ ރ. މަޑުއްވަރީ، ފިނިފަރު އަލީ ޝާކިރާއި އެ ރަށު ފެހިއަލި، ނިމާލް އަބްދުލްހާރިސް އެވެ. ދައުވާ ކޮށްފައިވަނީ ވެސް އެ ދެ މީހުންގެ މައްޗަށެވެ. އެ މީހުން މި ވަގުތު ތިބީ ޝަރީއަތް ނިމެންދެން ބަންދުގަ އެވެ.

- ރ. މަޑުއްވަރި، ފިނިފަރު، އަލީ ޝާކިރު

- ރ. މަޑުއްވަރި، ފެހިއަލި، ނިމާލް އަބްދުލްހާރިސް

- ރ. މަޑުއްވަރި، ފިނިފަރު، އަލީ ޝާކިރު

އެ މައްސަލައިގައި ދައުވާ ލިބޭ ދެ މީހުން މިދިޔަ އޮކްޓޯބަރު މަހު ހައްޔަރުކުރީ ކަނޑުމަތިން ފާރަލަމުން ގޮސް މަޑުއްވަރީ ފަޅުތެރެއިންނެވެ. އޭގެ ތެރެއިން އެކަކަކީ މަޑުއްވަރީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ޑީލްކުރާ ކަމުގެ ތުހުމަތު ކުރެވޭ މީހެކެވެ. މުއްސަނދި ދިރިއުޅުމެއް އުޅެމުންދާ އެ މީހާ ހައްޔަރުކުރީ ވެސް ލޯންޗުގައި ހުއްޓަ އެވެ.