ކޮމަންޑޫގައި ފައިބާ އިންޓަނެޓާއި ޓީވީގެ ހިދުމަތް ދޭން ފަށައިފި
ކޮމަންޑޫގައި ފައިބާ އިންޓަނެޓާއި ޓީވީގެ ހިދުމަތް ދޭން ފަށައިފި

ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ މަސައްކަތުގައި ހައި ސްޕީޑް ފައިބާ އިންޓަނެޓްގެ ހިދުމަތާ އެކު ދިރާގު ޓީވީގެ ހިދުމަތް ށ. ކޮމަންޑޫގައި ރަސްމީކޮށް ފަށައިފި އެވެ.

މި ދެ ހިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްފައި ވަނީ ށ.ކޮމަންޑޫގެ ރައްޔިތުންނަށް ހާއްސަ އޮފާތަކަކާ އެކުގަ އެވެ. ދިރާގުގެ ފައިބާ ބްރޯޑްބޭންޑް ޕެކޭޖްއަށް އެޕްލައި ކުރާ ކަސްޓަމަރުންނަށް ހިލޭ ފައިބާ ގުޅައިދިނުމުގެ އިތުރުން ފައިބާއަށް ބޭނުންވާ ހާއްސަ ރައުޓާ ހިލޭ ލިބޭނެ އެވެ. މިއީ އެންމެ ހަލުވި ސްޕީޑާއި އެންމެ ބޮޑެތި ޑޭޓާ އެލަވަންސްތައް ހިމެނޭ ތަފާތު ޕެކޭޖްތައް ހިޔާރުކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތެކެވެ.

ދިރާގު ޓީވީއަށް އެޕްލައި ކުރާ ކަސްޓަމަރުންނަށް ވެސް ހިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން، ޑީކޯޑާ މުޅިން ހިލޭ ލިބޭނެ އެވެ. ށ.ކޮމަންޑޫ ރައްޔިތުންނަށް މިހާރު އެންމެ މަގުބޫލު ޓީވީ އާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ޕްލެޓް ފޯމެއްގެ ދަށުން ބަލައިލެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގު ފައިބަ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބާ ނެޓްވޯކެވެ. ރާއްޖޭގެ ގޭބިސީގެ 80 ޕަސެންޓަށް މި ހިދުމަތް ދިރާގުން ފޯރުކޮށްދީފައިވެ އެވެ.