ތިން ސްކޫލެއްގައި ކްލާސްރޫމްތައް އަަޅަން 42 މިލިއަނަށް ބަޔަކާ ހަވާލުކޮށްފި
ތިން ސްކޫލެއްގައި ކްލާސްރޫމްތައް އަަޅަން 42 މިލިއަނަށް ބަޔަކާ ހަވާލުކޮށްފި

ތިން ރަށެއްގައި ސްކޫލްތަކުގެ ޖާގަ އިތުރުކުރުމުގެ ގޮތުން ކްލާސްރޫމްތައް އިމާރާތްކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި އެވެ.

ދައުލަތުގެ ބަޖެޓުން 42 މިލިއަން ރުފިޔާ ހަރަދުކޮށްގެން އިތުރު ކްލާސްރޫމްތައް އަޅަން ނިންމާފައި ވަނީ ނ. މަނަދު އާއި ށ. ފުނަދޫ އަދި ހދ. ކުމުންދޫ ސްކޫލުގަ އެވެ. މި މަސައްކަތް ކުރަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކުންފުނިތަކާ އެކު އިއްޔެ އެއްބަސްވުންތަކުގެ ސޮއިކޮށްފަ އެވެ.

މަނަދޫގައި ހުންނަ ށ. އަތޮޅު މަދަރުސާގައި އާ އިމާރާތެއް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ. އެއް އަހަރު ތެރޭގައި ނިންމަން ޖެހޭ ގޮތަށް އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރީ 15 މިލިއަން ރުފިޔާ އަށެވެ.

ކުމުންދޫ ސްކޫލުގައި 12 ކްލާސްރޫމް އިމާރާތެއް އަޅަން ހަވާލުކުރީ ވޭވް ލެންތް ޕްރައިވެޓް ލިމިޓެޑާ އެވެ. އެއް އަހަރު ތެރޭގައި ނިންމަން ޖެހޭ ގޮތަށް އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރީ 12 މިލިއަން ރުފިޔާ އަށެވެ.

ފުނަދޫ ސްކޫލުގައި ހަދަނީ 15 ކްލާސްރޫމުގެ އިމާރާތެކެވެ. އެއް އަހަރު ތެރޭގައި ނިންމަން ޖެހޭ ގޮތަށް، ސްވިފްޓް އިންޖީނިއަރިން ޕްރައިވެޓް ލިމިޓެޑާ ވެސް އެ މަސައްކަތް ހަވާލުކުރީ އެއް އަހަރަށެވެ.

އެޑިއުކޭޝަނުން މިއަހަރު ތެރޭގައި ވަނީ ވަރަށް ގިނަ ސްކޫލުތަކުގައި ޖާގަ އިތުރުކުރުމުގެ ގޮތުން އިމާރާތްކުރުމުގެ މަސައްކަތް ކުންފުނިތަކާ ހަވާލުކޮށްފަ އެވެ.