ލީގު ކަޕް: ސެމީގައި އާސެނަލް- ލިވަޕޫލް، ޗެލްސީ- ޓޮޓެންހަމް
ލީގު ކަޕް: ސެމީގައި އާސެނަލް- ލިވަޕޫލް، ޗެލްސީ- ޓޮޓެންހަމް

ލަންޑަން (ޑިސެމްބަރު 23) - އިނގިރޭސި ލީގު ކަޕުގެ ސެމީ ފައިނަލުގައި އާސެނަލް އާއި ލިވަޕޫލް އަދި ޗެލްސީ އާއި ޓޮޓެންހަމް ބައްދަލުކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ލީގު ކަޕް: ސެމީގައި އާސެނަލް- ލިވަޕޫލް، ޗެލްސީ- ޓޮޓެންހަމް
ލީގު ކަޕް: ސެމީގައި އާސެނަލް- ލިވަޕޫލް، ޗެލްސީ- ޓޮޓެންހަމް

ކުއާޓާގެ ފުރަތަމަ މެޗުގައި މީގެ ކުރިން އާސެނަލް ވަނީ ތިންވަނަ ޑިވިޝަނުގެ ސަންޑަލެންޑް ބަލިކޮށް ސެމީގެ ފުރަތަމަ ޖާގަ ޔަގީން ކޮށްފަ އެވެ.

ލީގު ކަޕް: ސެމީގައި އާސެނަލް- ލިވަޕޫލް، ޗެލްސީ- ޓޮޓެންހަމް
ލީގު ކަޕް: ސެމީގައި އާސެނަލް- ލިވަޕޫލް، ޗެލްސީ- ޓޮޓެންހަމް

އާސެނަލް ސެމީ ފައިނަލުގައި ވާދަކުރާނީ ރޭ ކުއާޓާ ފައިނަލުގައި ލެސްޓާ ސިޓީއާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން މޮޅުވި ލިވަޕޫލާ ދެކޮޅަށެވެ. ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވިއިރު ދެ ޓީމު އޮތީ 3-3 އިން އެއްވަރުވެފަ އެވެ.

މެޗުގެ ނުވަވަނަ މިނިޓާއި 13 ވަނަ މިނިޓުގައި ޖެމީ ވާޑީ ލަނޑު ޖަހައި، ދެ ގޯލުގެ ލީޑެއް ލެސްޓާ އަށް ނަގައިދީފައި ވަނިކޮށް އޭގެ ހަ މިނިޓް ފަހުން ލިވަޕޫލަށް ފަރަގު ކުޑަ ކޮށްދިނީ އެލެކްސް އޮކްސްލޭޑް ޗެމްބަލިން އެވެ. ނަމަވެސް ޖޭމްސް މެޑިސަން ވަނީ އިތުރު ލަނޑެއް ޖަހައި ފުރަތަމަ ހާފު ނިމުމުގެ ކުރިން އަލުން ދެ ގޯލުގެ ލީޑެއް ހޯދައިދީފަ އެވެ. ލިވަޕޫލްގެ ދެވަނަ ލަނޑު 68 ވަނަ މިނިޓުގައި ޑިއޯގޯ ޖޮޓާ ޖަހައިދިންއިރު، އެއްވަރުކުރީ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި ޓަކޫމީ މިނަމީނޯ އެވެ.

ފުރިހަމަ ވަގުތުގެ ކުޅުން އެއްވަރުވެގެން ޖެހި ޕެނަލްޓީގައި ލިވަޕޫލް ކުރިހޯދީ 5-4 އިންނެވެ. ލެސްޓާގެ ލޫކް ތޯމަސް ޖެހި ޕެނަލްޓީ ލިވަޕޫލްގެ ކީޕަރު މަތަކުރިއިރު މިނަމީނޯ ޖެހި ޕެނަލްޓީ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. އެއަށް ފަހު ރަޔާން ބާޓްރަންޑް ޖެހި ޕެނަލްޓީ ވެސް ލިވަޕޫލްގެ ޒުވާން ކީޕަރު ކޮއިމްހިން ކެލަހާ މަތަކުރިއިރު ލިވަޕޫލް މޮޅުކޮށްދިން ޕެނަލްޓީ ކާމިޔާބު ކުރީ ޖޮޓާ އެވެ.

ޗެލްސީން ސެމީގެ ޖާގަ ހޯދީ ރަށުން ބޭރުގައި ރޭ ބްރެންޓްފޯޑް 2-0 އިން ބަލި ކޮށްގެންނެވެ. ޗެލްސީގެ ދެ ލަނޑު ވެސް ފެނުނީ ފަހު 10 މިނިޓު ތެރޭގަ އެވެ. މެޗުގެ 80 ވަނަ މިނިޓުގައި ބްރެންޓްފޯޑުގެ ޕޮންޓަސް ޖެންސަން އަތުން ބައިކޮޅަށް ވަން ގޯލުން ޗެލްސީއަށް ލީޑު ލިބުނުއިރު، އޭގެ ފަސް މިނިޓު ފަހުން ލިބުނު ޕެނަލްޓީއަކުން ދެވަނަ ލަނޑު ޖެހީ ޖޯޖީނިއޯ އެވެ.

ސެމީ ފައިނަލުގަައި ޗެލްސީ ވާދަކުރަން ޖެހޭނީ ރޭ ވެސްޓް ހޭމް ޔުނައިޓެޑް 2-1 އިން ބަލިކުރި ޓޮޓެންހަމާ އެވެ. މި މެޗުގައި ޖެހި ތިން ގޯލު ވެސް ފެނުނީ ފުރަތަމަ ހާފުގަ އެވެ. ޓޮޓެންހަމްގެ ސްޓީވަން ބާގްވައިން 29 ވަނަ މިނިޓުގައި ލީޑު ނަގައިދީފައި ވަނިކޮށް އޭގެ ތިން މިނިޓް ފަހުން ވެސްޓް ހޭމްގެ ޖަރޯޑް ބޯވެން އެ ޓީމަށް ނަތީޖާ އެއްވަރު ކޯށްދިނެވެ. ނަމަވެސް އެއްވަރުކުރިތާ ދެ މިނިޓު ފަހުން ޓޮޓެންހަމަށް އަލުން ލީޑު ނަގައިދިނީ ލޫކަސް މޯރާ އެވެ.

މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގެ މެޗުތައް އޮންނާނީ ޖެނުއަރީ 3 ވަނަ ދުވަހުގެ ރެއެވެ އެވެ. އަދި ދެވަނަ ލެގުގެ މެޗުތައް ޖެނުއަރީ 10 ވަނަ ދުވަހުގެ ރޭ ކުޅޭއިރު ފައިނަލް މެޗު ކުޅެން ހަމަޖެހިފައި ވަނީ ފެބްރުއަރީ 27 ވަނަ ދުވަހު އެވެ.