ކުށުގެ 74 ރެކޯޑު އޮތް މީހަކު ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކޮށްފި
ކުށުގެ 74 ރެކޯޑު އޮތް މީހަކު ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކޮށްފި

ކުށުގެ 74 ރިކޯޑު އޮތް މީހަކު ވައްކަމުގެ މައްސަލައެއް އަނެއްކާ ވެސް ހައްޔަރުކޮށްފި އެވެ.

އުމުރުން 25 އަހަރުގެ އެ ފިރިހެން މީހާ މީހާގެ ކުށުގެ ރިކޯޑުތަކުގެ ތެރޭގައި ވައްކަމުގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރުމުގެ ގިނަ މައްސަލަތަކެއް ވެސް ހިމެނެ އެވެ.

ސ. ހިތަދޫ މުހައްމަދު އަސްޖައު ކިޔާ އެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ 10 ދުވަސް ދީފަ އެވެ. އެ މީހާ ބަންދުކުރަން ނިންމީ އޭނާ ދޫކޮށްލައިފި ނަމަ، މުޖަތަމައުގެ ސަލާމާތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ އެވެ.

ބަންދު ޖަހަން ގެންދިއުމުން އެ މީހާ ކޯޓުގައި ބުނެފައި ވަނީ އޭނާ އަށް ލިޔަންކިޔަން ނޭނގޭ ކަމަށާއި ފުލުހުންނަށް ވެސް އެކަން އެނގޭ ކަމަށެވެ. އޭނާގެ ހައްޔަރުކޮށްގެން ގެންގޮސްފައި ވަނީ ގޮނޑިއެއްގައި ނިދަން އޮއްވާ ކަމަށާއި ފުލުހުން އޭނާއާ މެދު ޒާތީވެފައިވާ ކަމަށް ތުހުމަތުކޮށް، އޭނާގެ އަތުން އެއްވެސް އެއްޗެއް ފެނިފައި ނުވާ ކަމަށް ވެސް ބުންޏެވެ.

އޭނާ އަށް ލިޔަންކިޔަން ނޭނގޭ ކަމަށް ބުނެފައި ވާތީ، ފުލުހުން ބުނީ އޭނާ ހައްޔަރުކުރި މައުލޫމާތު ފޯމުގައިވާ ހުރި ކަންކަން އޭނާ އަށް ކިޔައިދީފައިވާނެ ކަމަށެވެ.