ގައުމީ ގުރުއާން މުބާރާތުގެ މެއިން ޕާޓްނާއަކަށް ދިރާގު
ގައުމީ ގުރުއާން މުބާރާތުގެ މެއިން ޕާޓްނާއަކަށް ދިރާގު

ގުރުއާން ކިޔެވުމުގެ 34 ވަނަ ގައުމީ މުބާރަތުގެ މެއިން ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

ދިރާގުން ބުނީ މި ފާއިތުވެދިޔަ އަހަރުތަކުގައި ބޭއްވި ގައުމީ ގުރުއާން މުބާރާތްތައް ބޭއްވުމުގައި ދިރާގުން އެހީތެރިވަމުން އަންނަ ކަމަށެވެ.

މި އަހަރުގެ ގުރުއާން މުބާރާތުގައި 1،700 ކުދިން ބައިވެރިވެ އެވެ. މި މުބާރާތުގައި 12 ކެޓަގަރީއަކުން ކުދިން ބައިވެރިވި އެވެ. މި މުބާރާތުގައި އަތޮޅު ކައުންސިލްތަކާއި ސްކޫލުތަކާއި ގުރުއާން ކްލާސްތަކުގެ އިތުރުން ކޮލެޖުތަކާއި ޔުނިވާސިޓީތަކުން ވަނީ މުބާރާތުގައި ބައިވެރިވެފަ އެވެ.

ކޮންމެ އަހަރު ބާއްވާ މި މުބާރާތަކީ ރީތިކޮށް ތަޖުވީދު މަގުން ގުރުއާން ކިޔެވުމަށް ކުދިންނަށް ހިތްވަރު ދިނުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ.

ދިރާގުން އަބަދުވެސް އަންނަނީ އިޖްތިމާއީ ކަންކަމާއި ދީނީ ކަންކަން ކުރިއެރުވުމަށް ހިތްވަރު ދިނުމުގެ ގޮތުން އެފަދަ ހަރަކާތްތަކުގައި ބައިވެރިވަމުންނެވެ.