22 ޑިސެމްބަރ 2021 - 09:26

ސިވިލް ކޯޓުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން، އެ ކޯޓަށް ހާޒިރުކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު ހައްޔަރުކޮށްފި އެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ގދ. ތިނަދޫން ކަމަށް އެނގިފައި ވެ އެވެ.
އެ ރަށުން މާލެެ އަށް ގެނެސް، ޖާބިރު ސިވިލް ކޯޓަށް ހާޒިރުކުރުމުގެ މަސައްކަތް ފުލުހުން ގެންދަނީ ކުރަމުންނެވެ. އެއީ ބަންދުގައި ބަހައްޓައިގެން އޭނާ ކޯޓަށް ހާޒިރުކުރަން ސިވިލް ކޯޓުން ނެރެފައިވާ އަމުރެއް ތަންފީޒު ކުރުމަށެވެެ.
ޖާބިރު ސިވިލް ކޯޓަށް ހާޒިރު ކުރަނީ ސީދާ ކޮން މައްސަލަައަކާ ގުޅިގެން ކަމެއް އަދި ނޭނގެ އެވެ.