"ހުނަރުވެރި ކައިޓް ސާފަރުން އެބަތިބި، ކުރިއަށްދާން ބޭނުންވަނީ ރަނގަޅު ފުރުސަތުތަކެއް"
"ހުނަރުވެރި ކައިޓް ސާފަރުން އެބަތިބި، ކުރިއަށްދާން ބޭނުންވަނީ ރަނގަޅު ފުރުސަތުތަކެއް"

"މިއީ ވަރަށް ކެރިގެން ކުރެވޭނެ ކަމެއް. މިއަދު އަހަންނާ އެކު ރާއްޖޭގެ ކައިޓް ސާފަރުން ބައިވެރިވުމުން އަހަރެންނަށް އެ މީހުންގެ ފެންވަރު ވަޒަންކޮށްލެވިއްޖެ. ރާއްޖޭގެ ސާފަރުންނަށް ބޭނުންވަނީ ރަނގަޅު ތަމްރީންތަކެއް. މަސައްކަތް ކޮށްފިއްޔާ ސަރަހައްދީ ފެންވަރުގައި އަދި ދުނިޔޭގެ ފެންވަރުގެ މުބާރާތްތަކުގައި ވާދަކުރެވޭނެ،"

"ހުނަރުވެރި ކައިޓް ސާފަރުން އެބަތިބި، ކުރިއަށްދާން ބޭނުންވަނީ ރަނގަޅު ފުރުސަތުތަކެއް"
"ހުނަރުވެރި ކައިޓް ސާފަރުން އެބަތިބި، ކުރިއަށްދާން ބޭނުންވަނީ ރަނގަޅު ފުރުސަތުތަކެއް"

މިއަދު ހަވީރު ކ. މާފުށީގައި ފެށި "ރާޅު ގުޑި" ހަރަކާތުގައި ބައިވެރިވާން ރާއްޖެ އައިސް ހުރި ދުނިޔޭގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ނެދަލެންޑްސްގެ ޔޫރީ ޒޫން ފުރަތަމަ ވެސް ދެއްކީ އުއްމީދީ ވާހަކަތެކެވެ.

"ހުނަރުވެރި ކައިޓް ސާފަރުން އެބަތިބި، ކުރިއަށްދާން ބޭނުންވަނީ ރަނގަޅު ފުރުސަތުތަކެއް"
"ހުނަރުވެރި ކައިޓް ސާފަރުން އެބަތިބި، ކުރިއަށްދާން ބޭނުންވަނީ ރަނގަޅު ފުރުސަތުތަކެއް"

މާފުށީ ޑައިވާސް އެންޑް ވޯޓާ ސްޕޯޓްސް އިން އިންތިޒާމު ކޮށްގެން ކުރިއަށްގެންދާ މި ހަރަކާތަކީ ކައިޓް ސާފިން ރާއްޖޭގައި އާލާ ކުރުމަށާއި މި ދާއިރާ އިން ކުރިއަށްދާން ތިބި ޒުވާނުންނަށް ފުރުސަތު ފަހިކުރުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ.

މިއަދު ހަވީރު ޔޫރީ ވަނީ އޭނާގެ ކައިޓް ސާފިން ހަރަކާތްތައް ދައްކާލައިފަ އެެވެ. އޭނާއާ އެކު ރާއްޖޭގެ 16 ކައިޓް ސާފަރުން ވެސް ވަނީ ބައިވެރިވެފަ އެވެ. ޔޫރީގެ ހަރަކާތްތައް ބަލަން މާފުށީގެ ގިނަ ބަޔަކު އެއްވެ ތިބި އެވެ. އަދި ގިނަ ބަޔަކު ވަނީ އޭނާއާ އެކު ފޮޓޯ ވެސް ނަގައިފަ އެވެ.

މި ހަރަކާތް މިއަދު ފެށިިއިރު މި މަހު 10 ވަނަ ދުވަހާ ހަމަޔަށް ކުރިއަށްދާނީ ކައިޓް ސާފިން ކްލިނިކެވެ. ދިވެހި އަށް ސާފަރުން ބައިވެރިވާ މި ކްނިލިކުގައި ޔޫރީ ކްލާސްތައް ނަގައިދޭނެ އެވެ.

"އަޅުގަނޑުމެން ބޭނުންވަނީ މި ދާއިރާގެ ޕްރޮފެޝަނަލެއްގެ އެހީގައި ރާއްޖޭގައި ތިބި ކައިޓް ސާފަރުންނަށް ތަމްރީން ދޭން. އެކަން ކުރަން އެނގޭ މީހުން އެބަތިބި. އެކަމަކު އެއީ އަމިއްލަ އަށް ދަސްކޮށްގެން ތިބި ބަޔެއް. ދެން ދުނިޔޭގެ ޗެމްޕިއަނެއްގެ އެހީގައި ޓްރެއިން ވެލީމަ ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ. މި ކުޅިވަރުގެ ތެރެއިން ޓޫރިޒަމް ޕްރޮމޯޓް ކުރުމަކީ ވެސް އަޅުގަނޑުމެން އިސްކަންދޭ ކަމެއް،" މި ހަރަކާތް އިންތިޒާމްކުރާ މާފުށީ ޑައިވާސް އެންޑް ވޯޓާ ސްޕޯޓްސް އިން ބުންޏެވެ.

މުސްތަގުބަލުގައި ކައިޓް ސާފިން އިން ކުރިއަށްދާން ބޭނުންވާ ކޮންމެ ޒުވާނަކަށް ބައިވެރިވެވޭ ގޮތަށް މި ހަރަކާތް ފުޅާކުރަން ވިސްނާ ކަމަށާއި މި ހަރަކާތް ފެސްޓިވަލެއްގެ ގޮތުގައި ބޭއްވުމުގެ ވިސްނުން ގެންގުޅޭ ކަމަށް ވެސް އެ ފަރާތުން ވަނީ ބުނެފަ އެވެ.

މިއީ ނެދަލެންޑްސް އަށް އުފަން ޔޫރީ ރާއްޖެ އައި ފުރަތަމަ ފަހަރެވެ. އޭނާ ބުނީ ރާއްޖެ އާދެވުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ.

"މިއީ ދުނިޔެ މަތީގެ ސުވަރުގެ ކަމަށް މަޝްހޫރުވެފައި އޮންނަނީ އަހަންނަށް ވެސް އެކަން ތަޖުރިބާ ކޮށްލަން ފުރުސަތު ލިބިފައި މިއޮތީ. ވަރަށް އުފާވެއްޖެ މިރަށުން އަހަންނަށް ކީ މަރުހަބާ ފެނިފައި،" ޔޫރީ ބުންޏެވެ.

އޭނާ ބުނީ ކައިޓް ސާފިން އަކީ ވަރަށް ކެރިގެން ކުރެވޭނެ ކަމެއް ކަމަށާއި އެކަން ކުރުމަށް ބޭނުންވާ ހިތްވަރާއި ހުނަރު ދިވެހި ކައިޓް ސާފަރުންގެ ކިބައިގައި އެބަހުރި ކަމަށެވެ.

ޒުވާން އުމުރުގައި ޔޫރީ ވަނީ ކައިޓް ސާފިން ފަދަ އާދަޔާ ހިލާފު ހުނަރު ދައްކާލާ ކުޅިވަރުތަކުގައި ބައިވެރިވާން ފަށައިފަ އެވެ. ވިންޑްސާފިން، ބީއެމްއެކްސް އަދި ކައިޓް ސާފިން އިން ގިނަ ބަޔެއް ހައިރާން ކުރަނިވި ހަރަކާތްތަކެއް ދައްކާފައިވާ ޔޫރީ އަކީ މި ދާއިރާގައި މަގުބޫލު ބްރޭންޑެކެވެ.

ލިބިފައިވާ އަނިޔާއެއްގެ ސަބަބުން ޔޫރީ ފާއިތުވި އަހަރުތަކުގައި ވޯލްޑް ޗެމްޕިއަންޝިޕްގައި ބައިވެރިނުވެ އެވެ. އޭނާ ބުނީ އަނިޔާއިން ސަލާމަތްވުމުން ވޯލްޑް ޗެމްޕިއަންޝިޕްގައި އަލުން ވާދަކުރާނެ ކަމަށެވެ.

"ކުޅިވަރު ކުޅޭއިރު އަނިޔާ ލިބޭނެ. ދެން މުހިއްމު ކަމަކީ ރަނގަޅަށް ރިކަވާވެ ކުރިއަށް ވުރެން ރަނގަޅަށް ކުރިއަށް ދިއުން. އެއީ ފަސް އެނބުރި ބަލާލައިފިނަމަ ވަގުތު ފާއިތުވެދާނެ. އަބަދުވެސް ވިސްނަން ޖެހޭނީ ކުރިއަށް،" ޔޫރީ ބުންޏެވެ.

"ރާޅު ގުޑި" ހަރަކާތުގެ ޕާޓްނަރުންނަކީ ސްލޯޓޭޕް، ސީ ގިއާ، މޯލްޑިވްސް - ސަނީ ސައިޑް އޮފް ލައިފް، ވިޒިޓް މޯލްޑިވްސް އިޔާ 2016، ކާނި ހޮޓެލްސް، އައިކޮމް ކޮމްޕެނީ، ރެހެންދި ރެސްޓޯރެންޓް އަދި ސަންޓޭން ބީޗް އެވެ