21 ޑިސެމްބަރ 2021 - 20:15

ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް، ތަރައްގީ ކުރުމުގެ ބޭނުމުގައި، އެ ކުންފުނީގެ ހައި ސްޕީޑް ފައިބާ އިންޓަނެޓާއެކު ދިރާގު ޓީވީގެ ހިދުމަތް ނ. ކެނދިކުޅުދު އަށް ފަށައިފި އެވެ.
މި ދެ ހިދުމަތް އެ ރަށަށް ތައާރަފުކުރީ ހާއްސަ އިނާޔަތްތަކަކާއެކު އެވެ. އޭގެ ތެރޭގައި ދިރާގު ފައިބާ ބްރޯޑްބޭންޑް ޕެކޭޖު ބޭނުންވާ ކަސްޓަމަރުންނަށް ހިލޭ ފައިބާ ގުޅައިދިނުމާއި ފައިބާ އަށް ބޭނުންވާ ހާއްސަ ރައުޓަރު ނުވަތަ އޯއެންޓީ ހިލޭ ދިނުން ހިމެނެ އެވެ.
މިއީ އެންމެ ހަލުވި ސްޕީޑާއި އެންމެ ބޮޑެތި ޑޭޓާ އެލަވަންސްތައް ހިމެނޭ، ތަފާތު ޕެކޭޖުތައް ނަގަން ލިބޭ ފުރުސަތެއް ކަމަށް ދިރާގުން ބުންޏެވެ.
ދިރާގު ޓީވީ ގުޅަން ބޭނުންވާ ކަސްޓަމަރުންނަށް އެ ހިދުމަތް ހިލޭ ގުޅައި ދިނުމުގެ އިތުރުން ޖޯއިބޮކްސް ވެސް ހިލޭ ލިބޭނެ އެވެ. ކެނދިކުޅުދޫގެ މީހުންނަށް މިހާރު އެންމެ މަގުބޫލު ޓީވީ އަދި މުނިފޫހިފިލުވުމުގެ ކޮންޓެންޓް އެއް ޕްލެޓްފޯމެއްގެ ދަށުން ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުގެ މެނޭޖަރު ސްޓްރެޓެޖީ، އޮޕަރޭޝަންސް އެނަލެޓިކްސް އެންޑް ރިސާޗް ނިޒްމީން ލަތީފް ވިދާޅުވީ، އެ ކުންފުނީގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް އެއް ފެންވަރެއްގައި އަދި އެންމެ ހެޔޮ އަގުގައި އިންޓަނެޓް ފޯރުކޮށްދިނުންން ކަމަށެވެ.
"އަޅުގަނޑުމެން ކޮންމެ އަހަރަކު ވެސް ރާއްޖޭގެ ވީހާ ވެސް ބޮޑު ބަޔަކަށް ހައި ސްޕީޑް އިންޓަނެޓް ފޯރުކޮށްދީ، ޑިޖިޓަލް މުޖުތަމައެއް ބާރުވެރި ކުރުވުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އަރުވަން،" އޭނާ ވިދާޅުވި އެވެ.
ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދޭ އެންމެ ބޮޑު ފައިބާ ނެޓްވޯކް ކަމަށް ވާއިރު، ރާއްޖޭގެ ގޭބިސީގެ 80 ޕަސެންޓަށް މި ހިދުމަތް ދެ އެވެ