21 ޑިސެމްބަރ 2021 - 12:22

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހު ހަސީނާ ވަޑައިގަންނަވާތީ އެއާޕޯޓުގެ މަަގާއި ފަޅު ތެރެއިން ބައެއް ބަންދު ކުރަން ނިންމައިފި އެވެ.
އެމްއޭސީއެލް އިން ބުނީ މާދަމާ ބަންދު ކުރަނީ އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލްގެ އުތުރު ކަންމަތިން ފެށިގެން ކާގޯ ބިލްޑިންގެ ދެކުނު ކަންމައްޗާ ހަމައަށް ކަމަށެވެ. މި ސަރަހައްދު ބަންދު ކުރަނީ މެންދުރު 12:00 އިން ފެށިގެން 4:00 އަށެވެ. އެ ސަރަހައްދު ބަންދު ކުރާ ވަގުތުތަކުގައި އެއްވެސް އުޅަނދެއް ފަޅުތެރެއަށް ވަދެ ނުކުތުމާއި ފަޅު ތެރޭގައި ބޭއްވުން މަނާ ވާނެ އެވެ.
މި ވަގުތުތަކުގައި ހަމައެކަނި ބޭނުން ކުރެވޭނީ ހުޅުލޭގެ އެންމެ އުތުރުގައިވާ ނެރެވެ. މީގެ އިތުރަށް މެންދުރު ފަހު 2:00 އިން 4:00 އަށް އެއާޕޯޓު ޓާމިނަލް ސަރަހައްދުގައި އެއްވެސް ވެހިކަލެއް ދުއްވުން ވެސް މަނާވާނެ އެވެ.
އެމްއޭސީއެލް އިން ބުނީ މިވަގުތުތަކުގައި ފުލުހުންގެ އިރުޝާދުގެ މަތިން އިންޓަނޭޝަނަލް ޓާމިނަލް އުތުރު ކަންމަތީގެ ބޮލިބުރު ކައިިރިން ވެހިކަލްތަކަށް އަނބުރާލެވޭނެ ކަމަށެވެ. މި ވަގުތުގައި ވެހިކަލްތައް ދުއްވުމައި ހިނގާފައި ދިއުން ވެސް މަނާ ވަގުތެއް އަންނާނެ ކަމަށް އެއާޕޯޓުން ބުންޏެވެ.
މި ވަގުތުތަކުގައި އެމްޓީސީސީ ބަސް މަޑުކުރާނީ ވެސްޓާން ޕާކިން ޒޯނަށެވެ.
ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ ރާއްޖެ އަށް ވަޑައިގަންނަވާ މި ދަތުރުގައި މަޖިލީހުގައި ތަގުރީރު ކުރައްވާނެ އެވެ. ދެ ދުވަހަށް މިކުރައްވާ ދަތުރުގައި ހާއްސަ އެއްބަސްވުންތަކެއްގައި ސޮއި ކުރަން ވަނީ ހަމަޖެހިފަ އެވެ.